ޖޮޓާގެ ލަނޑުން ފުލަމް އަތުން ލިވަޕޫލް ސަލާމަތް ވެއްޖެ

ލިވަޕޫލާއި ފުލަމް ބައްދަލުކުރި މެޗުގެ ތެރެއިން

އިންގްލިޝް ޕްރިމިއާ ލީގުގައި ތާވަލްގެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ފުލަމް ބައްދަލުކުރި މެޗު، ލިވަޕޫލުގެ ޑިއޮގޯ ޖޮޓާ ފަހުވަގުތު ކާމިޔާބުކޮށްދިން ލަނޑާއި އެކު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައެވެ.

މެޗު ފެށިގެން 11 ވަނަ މިނެޓުގައި އެންޑްރިއާސް ޕެރޭރާ ޖެހި ލަނޑުން ފުލަމް ލީޑުނެގިއެވެ. އޭގެ ހަ މިނެޓު ފަހުން ލިވަޕޫލްގެ އެންޑީ ރޮބާޓްސަންއަށް ރަތް ކާޑު ދެއްކުމާއެކު، ލިވަޕޫލް މެޗުގެ ބޮޑުބައި ކުޅެންޖެހުނީ އެއް ކުޅުންތެރިއަކު މަދުންނެވެ.

ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ފެށުމާއި އެކު ކޯޑީ ގަކްޕޯ ޖެހި ލަނޑުން ލިވަޕޫލް މެޗު އެއްވަރުކުރިއެވެ. ނަމަވެސް 76 ވަނަ މިނެޓުގައި ރޮޑްރިގޯ މުނީޒް ޖެހި ލަނޑުން ފުލަމް އަނެއްކާވެސް މެޗުގެ ލީޑު ނެގިއެވެ. މެޗުން ލިވަޕޫލް ބަލިވާން ދަނިކޮށް މެޗު އެއްވަރުކޮށް، ބަލިވުމުން ސަލާމަތް ކޮށްދިން ލަނޑު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑިއޮގޯ ޖޮޓާ ޖަހާފައި ވަނީ މެޗުގެ 88 ވަނަ މިނިޓުގައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް މިވަނީ ޖެހިޖެހިގެން ދެވަނަ މެޗަކުން އެއްވަރުވެފައެވެ. އެ ޓީމު މިހާރު އެއްވަނައިގައި އޮތީ  36 ޕޮއިންޓާއެކުއެވެ. އަދި ފުލަމް އުޅެނީ 24 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައެވެ. އަނެއްކޮޅުން ތާވަލުގެ ދެވަނާގައި މިވަގުތު އޮތް ޗެލްސީ މިހަފުތާގައި ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ލިވަޕޫލާއި ޕޮއިންޓުގެ ގޮތުން ދެ ޕޮއިންޓަށް ގާތްވެގެންދާނެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy