މިރޭ 12 އިން ފެށިގެން ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާވާނެ

ވޭޕުގެ ސަބަބުން މުޖުތަމައުއަށް ނޭދެވޭ އެތަށްކަމެއް ފެތުރިގެންދޭ

ރާއްޖޭގައި ވޭޕް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު މިރޭ 12 އިން ފެށިގެން ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ބެހުން މަނާވާނެއެވެ.

މި އިސްލާހުގެ ދަށުން ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ އާލާތަކަށް 10،000 ރުފިޔާގެ މަގުން އިތުރަށް ޖޫރިމަނާކުރެވޭނެއެވެ. ވޭޕް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއްވެސް ކުރެވޭނެއެވެ.

މި ގާނޫނުގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު 18 އަހަރުން 21 އަހަރަށް މަތިކޮށްފައިވެއެވެ. އަދި މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކޮށްފިނަމަ ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ހިމަނާފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިއީ 2010 ގައި އަމަލުކުރަން ފެށި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް 14 އަހަރުގެ ތެރޭގައި ގެނެވުނު ފުރަތަމަ އިސްލާހެވެ.

މީގެއިތުރުން، ސަރުކާރުން ވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީވެސް ބޮޑުތަނުން އިތުރުކޮށްފައެވެ. މިހާރު 100 ރުފިޔާއަށް ގަންނަން ލިބޭ ސިނގިރޭޓު ފޮއްޓެއްގެ އަގު 230 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

9 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy