ދަރަނި އަދާ ކުރާއިރު އެންމެ ނާޒުކު ފަރާތްތައް ރައްކާތެރި ކުރަން ޖެހޭ: ޒަމީރު

މާލީ ވަޒީރު މޫސާ ޒަމީރު

ދަރަނި ބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ހިރާސްތަކުން އެންމެ ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރި ކުރަން ޖެހޭ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ގްލޯބަލް އިކޮނޮމިކް ފޯރަމް 2024 ގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދުނިޔޭގެ އިޤްތިޞާދު ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރަޝިއާ-ޔޫކްރެއިން ހަނގުރާމާއި މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރި އަދި އިޤްތިޞާދަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި ތެލާއި ކާބޯތަކެތީގެ އަގު އުފުލިފައިވުމުގެ ސަބަބުން ރާއްޖެއަށްވެސް މާލީ ގޮތުން ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ކޯވިޑުގެ ޢާލަމީވަބާގެ ސަބަބުން ބޮޑެތި އަދަދުން ދަރަނިތައް ނަގަން ޤައުމުތަކަށް މަޖުބޫރުވިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިހާރު އެދަރަނިތައް ދެމެހެއްޓެނިވި ގޮތެއްގައި ދެއްކުމަށް ގޮންޖެހުންތައް ހުރި ކަމަށެވެ. ނަމަވެސް މިކަމުން އަރައިގަތުމަށް މަސައްކަތް ކުރާއިރު މާލީ ހަރުދަނާކަން ދަމަހައްޓާ ސިޔާސީ އަދި އިސްތިރާޖީ ހަޤީޤަތައް މަސައްކަތްތައް ބައްޓަން ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ބޮޑެތި ހިރާސްތަކާއި ކުރިމަތިލާންޖެހިފައިވާ ޤައުމެއް ކަމަށް ވިދާޅުވަމުން، ރާއްޖޭގައި ބޭނުން ކުރާ ހަކަތައިގެ 33 އިންސައްތަ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާކަން މާލީ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށާއި، ޤައުމުތަކުން މާލީ އެހީތެރިކަމުގެ އިތުރަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy