ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރާތީ، ދަތުރުފަތުރަށް ހުރަސް އެޅި މުޅި ހައިވޭ ހުއްޓުމަކަށް

ޓެކްސީ ޑްރައިވަރުން މިރޭ ކުރި މުޒާހަރާގެ ތެރެއިން -- ހަތާވީސް ފޮޓޯ

ހުޅުމާލެ އިން ހައިވޭ އަށް އަރާ މަގު ބަންދުވާ ގޮތަށް ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރުމުގެ ސަބަބުން ދަތުރުފަތުރަށް ހުރަސް އެޅި، މުޅި އެ ސަރަހައްދު ހުއްޓުމަކަށް އައިސްފި އެވެ.

މިއީ މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދޭން ސަރުކާރުން ޓެކްސީ ފްލީޓެއް ފަށަން ނިންމާފައި ވާތީ، އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖެކެވެ.

ވެހިކަލްތަކަށް ހައިވޭ އަށް ނޭރޭ ގޮތަށް ޓެކްސީ ޑްރައިވަރުން ހުޅުމާލޭ މަގު ބަންދު ކުރީ މިރޭ 9:00 ހާއިރު އެވެ. އެކަމަކު މާ ގިނަ އިރުތަކެއް ނުވެ، ފުލުހުން ގޮސް އެ ސަރަހައްދުގެ ކޮންޓްރޯލް ކުރި އެވެ.

އެއަށްފަހު، އެ ހަރަކާތުގައި ބައިވެރިވި، ކޮންމެ އުޅަނދަކަށް ޑްރައިވަރާ އެކު ފުލުހަކު އަރުވައިގެން ގެންގޮސް ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ޓޯޔާޑުގައި ވަނީ ޓޯކޮށްފަ އެވެ. މަގު ބްލޮކު ކުރުމުގައި އިސްކޮށް އުޅުނު ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.

ހަމަ މި ކަމާ ގުޅިވައިގެން މިދިޔަ އޮގަސްޓް މަހު ތެރޭގައި ވެސް ޓެކްސީ ޑްރައިވަރުން ވަނީ މާލޭގައި އިހުތިޖާޖު ކޮށްފަ އެވެ. އަދި އެކަން ހުއްޓުވައިދޭން ޓެކްސީ އެސޯސިއޭޝަނުން މަޖިލީހުގައި ވެސް އެދިފައިވެ އެވެ.

ހުޅުމާލެ ރުއްގަނޑު ސަރަހައްދު ގައި މިއަދު ހަވީރު 4:00 އިން ފަށައިގެން މި އިހުތިޖާޖު ކުރިއަށް ގެންދިޔައީ "ބޯ ކަނޑާލެވިދާނެ އެކަމަކު ބޯ ގުދެއް ނުކުރާނަން"ގެ ނަމުގަ އެވެ.

އިހުތިޖާޖުގެ ބައިވެރިން ގޮވަމުން ގެންދިޔައީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް، ރައީސް މުއިއްޒަށް ހިއްސާ ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާ ކަމަށެވެ.

ސަރުކާރުން ޓެކްސީ ލައިން ފެށުމުން، މިހާރު ޓެކްސީގެ ހިދުމަތުގައި އުޅޭ ޑްރައިވަރުންނަށް އެ ފުރުސަތު ގެއްލިގެންދާނެ ކަމަށް ބުނެ، ޑްރައިވަރުން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީންގެ އިސްތިއުފާއަށް ވެސް ގޮވާފަ އެވެ.

އިހުތިޖާޖުގެ ކުރީގައި ތިބި ޓެކްސީ ޑްރައިވަރުން ތިބީ އެ މީހުންގެ ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތަކެއް ހިފައިގެންނެވެ.

ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފަށަން ނިންމައި އެކަން އިއުލާން ކުރީ "މާލެ ފަހި ޕްރޮގްރާމް"ގެ ތެރެއިންނެވެ.

ޓެކްސީ ލައިނުން 24 ގަޑިއިރު ހިދުމަތް ދޭއިރު، 50 ޕަސެންޓް މުވައްޒަފުންނަކީ ދާއިމީ މުވައްޒަފުންނެވެ.

ދެން އޮތް 50 ޕަސެންޓް ޖާގަތައް ދޫކުރަން ނިންމާފައި ވަނީ ކޮންމެ ދުވަހަކު އެކި ވަގުތު ތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށް ދުއްވޭ ގޮތަށެވެ.

އޭގެ އިތުރުން ޓެކްސީ ކުރާ ކޮންމެ ގަޑިއިރަކަށް ދޭ ފީ 100 ރުފިޔާއަށްވުރެ، ކުޑަ ނުވާނޭ ގޮތަށް ކޮންމެ ހަފްތާއަކު އެއްފަހަ މުސާރަ ދޭނެ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy