ހުޅުމާލެ ހޮސްޕިޓަލަށް ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަނީ

ހުޅުމާލޭ ހޮސްޕިޓަލް --

ހުޅުމާލޭ ހޮސްޕިޓަލަށް ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ ހޮސްޕިޓަލަށް ހޯދަނީ ކޮންސަލްޓެންޓް ސްޕެޝަލިސްޓް – ސްޕެޝަލިސްޓް އިން ރޭޑިއޮލޮޖީގެ އެންމެ ޑޮކްޓަރެކެވެ. އެއީ ދާއިމީ މަގާމެކެވެ.

މަގާމަށް ޝައުގުވެރިވާ އަދި ޝަރުތު ފުރިހަމަވާ ސްޕެޝަލިޓުން ކަމާ ގުޅޭ ލިޔުންތައް މި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ލިޔުންތައް އީމެއިލް ކުރަންޖެހެ އެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތަކީ ބެޗެލަ އޮފް މެޑިސިން އަދި ބެޗެލާ އޮފް ސާޖަރީ (އެމްބީބީއެސް) ހަދައި، މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކުރާ ޓީޗިން ހޮސްޕިޓަލަކުން އެއް އަހަރުގެ އިންޓާންޝިޕް ފުރިހަމަ ކުރައްވާފައިވާ ބޭފުޅަކަށް ވާން ޖެހެ އެވެ.

އޭގެ އިތުރުން މެޑިސިންގެ ދާއިރާ އަކުން ހާއްސަވުމަށްފަހު މެޑިކަލް އޮފިސަރެއްގެ ގޮތުގައި އެއް އަހަރު މަސައްކަތް ކޮށްފައިވާ އަދި މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކުރާ ބޭފުޅަކަށް ވާން ޖެހެ އެވެ.

ސްޕެޝަލިސްޓް ޑޮކްޓަރަކަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 32632 ރުފިޔާ، މަގާމުގެ އެލަވަންސްގެ ގޮތުގައި 18689 ރުފިޔާ، އަދި ހާޒިރީ އެލަވަންސުގެ ގޮތުގައި މަސައްކަތަށް ނުކުން ދުހަކަށް 506 ރުފިޔާ ލިބޭނެ އެވެ.

އެހެނިހެން އެލަވަންސުގެ ގޮތުގައި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް ދިނުމަށް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy