މަސްވެރިންގެ ދަފްތަރުން ޒުވާނުން މަސްވެރިކަމަށް ނުކުތުމަށް މަގުފަހިވާނެ: ވަޒީރު ޝިޔާމް

މަސްވެރިންގެ ގުންޒަރު - ތެރެއިން / ފޮޓޯ:މިނިސްޓްރީ

ސަރުކާރުން މިހާރު އެކުލަވާލަމުންދާ މަސްވެރިންގެ ދަފްތަރުގެ ސަބަބުން ޒުވާނުން މަސްވެރިކަމުގެ ސިނާޢަތަށް ނުކުތުމަށް މަގުފަހިވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ވުޒާރާއިން ބޭއްވި "މަސްވެރިންގެ ގުންޒަރު"ގެ ތެރެއިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޕެނަލްގައި މަސްވެރިންގެ ދަފްތަރުން ލިބޭނެ ފައިދާތަކާ ގުޅޭގޮތުން މަސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތުން، މަސްވެރިކަމުގެ ދާއިރާގައި ދިވެހިން މަދުކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މި ސިނާޢަތަށް ދިވެހިންގެ މެދުގައި ޝައުޤު އުފައްދާ، ޒުވާން މަސްވެރިން ސިނާޢަތަށް ނެރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ގިނަ ޒުވާނުން މަސްވެރިކަމުގެ ސިނާޢަތަށް ނުނިކުންނަ އެއް ސަބަބަކީ ބޭންކުތަކުގެ ލުއި ލޯން ސްކީމްތައް މަސްވެރިންނަށް ނުލިބުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މަސްވެރިންގެ ދަފްތަރު އެކުލަވާލުމުން މި މައްސަލައަށް ހައްލު ލިބި، ޒުވާނުން މަސްވެރިކަމަށް ނުކުންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު ސަރުކާރުން އެކުލަވާލަމުންދާ މަސްވެރިންގެ ދަފްތަރުގައި މަސްވެރިކަމުގެ ލައިސަންސް ދޫކޮށްފައިވާ އުޅަނދުތަކުގެ 90 އިންސައްތަ ހިމެނިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ދަފްތަރަކީ މަސްވެރިންނަށް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ދަފްތަރެއް ކަމަށްވެސް ވިދާޅުވިއެވެ.

"މަސްވެރިންގެ ގުންޒަރު" ކުރިއަށްދަނީ މި މަހުގެ 11 ވަނަ ދުވަހުން 13 ވަނަ ދުވަހާ ހަމައަށެވެ. މި ގުންޒަރުގައި 22 ރަށުން 43 މަސްވެރިންނާއި 8 މަސް ޕްރޮސެސްކުރާ ކުންފުނި ބައިވެރިވެއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy