ޗައިނާ އާއި ރާއްޖެއާ ދެމެދު އަންނަ މަހު ސީދާ ދަތުރުތައް ފަށަނީ

މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާއަށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖެ އާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަންނަ މަހުން ފަށައިގެން ކުރުމަށް ނިންމައިފި އެވެ.

މޯލްޑިއަނަށް ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެސް، ދުނިޔޭގެ އެކި މަންޒިލުތަކަށް ދަތުރުތައް ފެށުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ޓްވީޓާގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި ރާއްޖެއާއި ޗައިނާގެ މެދުގައި ވައިގެ މަގުން ސީދާ ދަތުރުތައް ފެށުމުގެ ރަސްމިއްޔާތު މިއަދު ބެއިޖިންގައި ބާއްވާފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަމީނާއި މޯލްޑިވިއަންގެ އިސްވެރިން އަދި ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބައިވެރިވި އެވެ.

މިނިސްޓަރު އަމީން ވަނީ މޯލްޑިވިއަން މެދުވެރިކޮށް ވައިޑް ބޮޑީ އެއާ ކްރާފްޓުގެ ދަތުރުތައް ފެށުމަށް ރައީސް މުއިއްޒު ދެއްވި ޔަގީންކަން ހަގީތަކަށް ހަދައިދިން ކަމަށް ޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފަ އެވެ.

އަމީން އިތުރަށް ވިދާޅުވީ އަންނަ ޖެނުއަރީން ފަށައިގެން ބެއިޖިން، ޝަންހާއީ، ޗެންޑޫ އަދި ޝިއާނަށް މޯލްޑިވިއަންގެ ދަތުރުތައް ފަށާނެ ކަމަށާއި މި ދަތުރުތަކާ އެކު ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

ވައިޑް ބޮޑީ އެއާކްރާފްޓް ތަކަކީ ގިނަ އަދަދެއްގެ ފަސިންޖަރުން އުފުލޭ ވަރުގެ ޖާގަ އޮންނަ ފުޅާ މަތިންދާބޯޓު ތަކެވެ.

މޯލްޑިވިއަން އަށް މިހާތަނަށް ވައިޑް ބޮޑީ އެއާކްރާފްޓެއް ގެނެސްފައެއް ނުވެ އެވެ.

ރާއްޖޭގައި އެންމެ ގިނަ އެއާޕޯޓް ތަކަށް ދަތުރު ކުރާ މޯލްޑިވިއަނުން މި ވަގުތު ދަތުރު ކުރަނީ ރާއްޖޭގެ 16 މަންޒިލަކަށާއި ސްރީލަންކާ، ބަންގްލަދޭޝް އަދި އިންޑިއާގެ ތިން ސަރަހައްދަކަށެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy