އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

އިސް މެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމް ސަސްޕެންޑްކޮށްފި އެވެ.

ޖޭއެސްސީން މަޢުލޫމާތު ދީފައިވާ ގޮތުގައި އެ މެޖިސްޓްރޭޓް ސަސްޕެންޑްކުރީ 28 ނޮވެމްބަރުގައެވެ.

ޖޭއެސްސީގެ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުން މެޖިސްޓްރޭޓް ސަސްޕެންޑް ކުރުމަށް ނިންމީ ތަހުގީގަށް ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް، މަގާމުގައި ދެމިހުރެއްޖެ ނަމަ މައްސަލަ ތަހުގީގު ކުރުމަށް އެޅިދާނެ ހުރަހަކަށް ބަލައިގެންނެވެ. އަދި މި ސަސްޕެންޝަން ދެމިއޮންނާނީ މައްސަލަ ބަލައި ނިމެންދެން ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.

ނަމަވެސް، މި ސަސްޕެންޝަނަކީ މުސާރަ ލިބޭ ގޮތަށް ކުރި ސަސްޕެންޝަނެއްކަން ނުވަތަ ނޫންކަން ޖޭއެސްސީން ހާމަކޮށްފައެއް ނުވެ އެވެ. އަދި މިހާރު ޖޭއެސްސީން ގެންގުޅޭ އުސޫލަކީ މައްސަލައެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި މެނުވީ ތުހުމަތު ކުރެވޭ މައްސަލައިގެ ތަފުސީލުތައް ހާމަނުކުރުން ކަމަށްވާތީ، މި މައްސަލައިގެ އިތުރު ތަފުސީލެއް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy