އެއާޕޯޓުގެ ކުނި އުކާލުން ވެމްކޯއާ ހަވާލު ކުރަން ފިނޭންސް މިނިސްޓްރީން އަންގައިފި

ވެމްކޯއަކީ މާލޭ ސަރަހައްދުން ކުނި އުކާލާ އެންމެ ބޮޑު ކުންފުނި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ކުނި އުކާލުމުގެ މަސައްކަތް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކުރުމަށް ފިނޭންސް މިނިސްޓްރީން އެމްއޭސީއެލްއަށް އަންގައިފިއެވެ.

މި އެންގުން މި ގޮތަށް އަންގާފައި މިވަނީ އެމްއޭސީއެލްއިން އަމިއްލަ ފަރާތަކާ އެ މަސައްކަތް ހަވާލުކުރުމަށްފަހުގައެވެ.

މިދިޔަ  އޮކްޓޯބަރު މަހުގެ 15 ގައި އެމްއޭސީއެލްއިން ވަނީ ދުވާލަކު 250،000 ރުފިޔާގެ ރޭޓުން ކުނި އުކާލުމުގެ މަސައްކަތް އައި އެންޑް ސީ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. މިގޮތަށް އަމިއްލަ ފަރާތަކާ މަސައްކަތް ހަވާލުކުރީ ވެމްކޯއިން ކުނި އުކާލުމުގެ އަގު ބޮޑުކުރުމާ ގުޅިގެންނެވެ.

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ޝާމް އާދަމް ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައި ވަނީ އަމިއްލަ ފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަށް އަންގަވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ އިކޮނޮމިކް ކައުންސިލްގެ ނިންމުމާ އެއްގޮތަށް ޓަނަކަށް 2،660 ރުފިޔާގެ ރޭޓުން ވެމްކޯއާ މަސައްކަތް ހަވާލުކުރުމަށެވެ.

މި އެންގުމާ ގުޅިގެން އަމިއްލަ ފަރާތަކާ އެކު އެމްއޭސީއެލްއިން ހެދި ކުނި އުކާލުމުގެ އެއްބަސްވުން މިހާރު ބާތިލްކޮށްފައިވާކަން އެނގިފައިވެއެވެ.

 

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy