ހުސްނީ، ވިދާޅުވަނީ ކުޑަކުދިން ލައްވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރުވުން ވަކި ކުށަކަށް ހަދަންޖެހޭ ކަމަށް

މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް

ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރުން ވަކި ބާވަތެއްގެ ކުށެއްގެ ގޮތުގައި ގާނޫނުގައި ކަނޑައެޅިފައި އޮންނަން ޖެހޭކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

މެމްބަރު ހުސްނީ މިފަދައިން ވިދާޅުވެފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެންބަރު ހުސްނީ ވިދާޅުވީ ގާނޫނުގައި އޮތް ބާގަނޑެއްގެ ސަބަބުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ކަމަށް ފާހަގަކުރެއްވިއެވެ.

ގާނޫނަށް މިހާރު ހުށަހެޅިފައިވާ އިސްލާހުތަކަކީ މިހާރު ހުރި ހުރަސްތައް ނައްތާލުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ހުސްނީ ވިދާޅުވިއެވެ. އެގޮތުން، އަލަށް ބޭނުންކުރަމުންދާ މަސްތުވާތަކެތީގެ ބާވަތްތަކާއި، މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އާލާތްތައް ވަކި ޖަދުވަލުތަކެއްގައި ހިމަނާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މެންބަރު ހުސްނީ ވިދާޅުވީ ބިލު ފާސްކުރެވިގެންދާއިރު، ކޮމިޓީ މަރުހަލާގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ލިބޭފަދަ ގޮތަކަށް މި ގާނޫނު ބައްޓަން ކުރެވިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy