އިންތިޚާބުތަކާ ދިމާކޮށް ނިމިދިޔަ ސަރުކާރުން 1905 ކުށްވެރިން މިނިވަންކުރި: ރައީސް

ނިމިދިޔަ ސަރުކާރުން އެތައް ކުށްވެރިންނެއް ވަނީ މިނިވަންކޮށްފައި

އެކިއެކި އިންތިޚާބުތަކާ ދިމާކޮށް 1905 ކުށްވެރިން މިދިޔަ ސަރުކާރުން މިނިވަންކުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ. ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގައި ކޮންމެ އިންތިޚާބަކާ ދިމާކޮށް އެތައް ސަތޭކަ ކުށްވެރިންނެއް ދޫކުރިކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުގައި ގައިދީން މިނިވަންކޮށްފައިވަނީ ގައުމާ މެދު ވިސްނާލުމެއް ނެތިކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ވަރަށް ގިނަ އެކި ކަހަލަ ނުރައްކާތެރި ކަންތައްތަކާއި އަނިޔާވެރި ކަންކަން މަގުމަތީގައި ހިނގާ، ހަމަނުޖެހުން އުފެދިފައިވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ކްލެމެންސީއާއި އަދި ރައީސަށް ލިބިދީފައިވާ ބާރުގެ ތެރެއިން އަދަބު ލުއިކޮށްދީގެން މާފުދީ މިނިވަންކޮށްފައިވާނީ 86 ކުށްވެރިން ކަމަށެވެ. އަދި މި ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި އެއްވެސް ބަޔަކު ޖަލުން ދޫކޮށްލާފައިނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މުޖުތަމަޢުއަށް ހަމަޖެހުން ގެންނަންކަމަށެވެ. އެހެންކަމުން ސިޔާސީ ވިސްނުމެއްގައި ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ކަމެއް ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy