ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިމްރާން ހާން ދޫކޮށްލުމަށް ގޮވާލާ ޕާކިސްތާނުގައި ދަނީ ވަރުގަދަ މުޒާހަރާތަކެއެް ކުރަމުން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ އަނބިކަނބަލުން ބުޝްރާ ބީބީ ހައްޔަރުކުރުމުގެ އަމުރެއް އެ ގައުމުގެ ކޯޓަކުން ނެރެފިއެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ބުނާ ގޮތުގައި މި އަމުރު ނެރެފައިވަނީ ޚިޔާނާތުގެ މައްސަލައެއްގެ އަޑުއެހުންތަކަށް ތަކުރާރުކޮށް ހާޒިރުނުވުމުގެ ސަބަބުންނެވެ.

ބުޝްރާ ބީބީ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޯބަރު މަހާ ހަމައަށް ޖަލުގައި ހުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. އޭނާ ޖަލަށްލާފައިވަނީ 2018 އިން 2022 އަށް އިމްރާންގެ ވެރިކަމުގައި އޭނާގެ ސަރުކާރަށް ލިބުނު ހަދިޔާތައް ގަވާއިދާ ޚިލާފަށް ވިއްކުމާ ގުޅޭ މައްސަލައެއްގައެވެ.

އިމްރާން ޚާން މިހާރު ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖަލުގައި ބަންދުކޮށްފައެވެ. އޭނާގެ މައްޗަށް ވަނީ ހަތަރު މައްސަލައެއް ސާބިތުވެފައެވެ. އޭގެ ތެރެއިން ދެ މައްސަލަ ބާތިލުކޮށްފައިވާއިރު، އޭގެ ތެރޭގައި ދައުލަތުގެ ހަދިޔާތަކާ ގުޅޭ މައްސަލަވެސް ހިމެނެއެވެ.

ބުރާސްފަތި ދުވަހު ނެރުނު ހައްޔަރުކުރުމުގެ އަމުރުގެ އިތުރުން، ބުޝްރާ ޚާންގެ ގެރެންޓީ ދޭ ފަރާތަށް ވެސް ކޯޓުން ވަނީ ނޯޓިސް ފޮނުވާފައެވެ. މިކަމާ ގުޅިގެން އިމްރާންގެ ޕާކިސްތާން ތަހްރީކް އިންސާފް ޕާޓީ (ޕީޓީއައި) އިން އަންނަނީ އޭނާ މިނިވަންކުރުމަށް ގޮވާލަމުންނެވެ.

ޕާކިސްތާނުގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުންނާއި ޕީޓީއައިއިން ބުނާ ގޮތުގައި، އިމްރާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ސިޔާސީ ގޮތުން ކޮށްފައިވާ ދައުވާތަކެކެވެ. އިމްރާނަކީ މިހާރުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފާ އިދިކޮޅުގައި އެންމެ ވާދަވެރި ފަރާތް ކަމަށްވެސް ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

55 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy