ދުންފަތް ކޮންޓްރޯލްކުރާ ކައުންސިލްތަކަށް ސަރުކާރުން ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދެނީ

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް

ދުންފަތް ކޮންޓްރޯލްކޮށް އެ ނުރައްކަލުން ސަލާމަތްވުމަށް އެންމެ ރަނގަޅު މަސައްކަތެއް ކުރާ ކައުންސިލްތައް ފާހަގަކޮށް، އެ ކައުންސިލްތަކުގެ ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރުން ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ކައުންސިލްތަކުން އިސްނަގައިގެން ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި ހިންގާ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ސަރުކާރުން ނިޒާމްގެ ތެރެއިން އެހީތެރިވަމުން ގެންދާނެ ކަމަށެވެ.

މީގެ އިތުރުން، އެންމެ ރަނގަޅު މަސައްކަތްތަކެއް ކުރާ ކައުންސިލްތަކަކަށް އެ އިދާރާއިން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރުން ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް، ދުންފަތް ކޮންޓްރޯލްކުރުމުގެ ދުރު ރާސްތާ ޕްލޭންގެ ތެރެއިން ފަހިކޮށްދޭނެ ކަމަށްވެސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ސެޒޭޝަން ހިދުމަތް މުޅި ރާއްޖޭގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ. މިގޮތުން، އެ ހިދުމަތަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށާއި، ނިކޮޓިން ޕެޗާއި ގަމް އާސަންދައިން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، 24 ގަޑިއިރު ހިދުމަތް ލިބޭނެ ކުއިޓް ލައިނެއް (1676) ވަނީ ގާއިމްކޮށްފައި ކަމަށާއި، ދުންފަތް ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްވެސް ވަނީ ފަށާފައި ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ. އަދި 'ދަފަރާ'ގެ ނަމުގައި ދުންފަތާ ދެކޮޅު ކެމްޕޭނެއް ކުރިއަށް ގެންދާ ކަމަށާއި، މިހާތަނަށް މި ކެމްޕޭން ނ، ތ، ލ، އަދި ސ އަތޮޅުގައި ވަނީ ކުރިއަށް ގެންގޮސްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

9 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy