ފިސްކަލް ޒިންމާގެ ބިލާއި ދަރަނީގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލާއި ދަރަނީގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތަސްދީގުކުރައްވައިފިއެވެ.

މި ދެ ބިލަކީ ދައުލަތުގެ މާލީ ހާލަތު ހަރުދަނާކޮށް، ދަރަނި މެނޭޖްކުރުމަށް އަމާޒުކޮށްފައިވާ މުހިންމު ދެ ބިލެވެ.

ފިސްކަލް ޒިންމާގެ ބިލަކީ މިހާރު އަމަލުކުރަމުންދާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި ފާސްކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެކެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ޚަރަދުތައް ހަރުދަނާކޮށް، މާލީ އިންތިޒާމުތައް ހަރުދަނާކުރުމެވެ.

އައު ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދަރަންޏަށް ނަގާ ފައިސާ މާކެޓް އިންޓަރެސްޓް ރޭޓުގައި ތިން މަސް ދުވަހުގެ ތެރޭގައި އަނބުރާ ދައްކަންޖެހޭނެއެވެ. މީގެ އިތުރުން، މި ގޮތަށް ފައިސާ ނެގޭނީ މިދިޔަ ތިން އަހަރު ދުވަހު ސަރުކާރުގެ އެވްރެޖް އާމްދަނީން ކޮންމެ އަހަރަކަށް ޖެހޭ އަދަދުގެ 2.5 އިންސައްތައަށް ވުރެ ބޮޑު ނުވާނެ މިންވަރަކަށެވެ.

މިހާރު އަމަލުކުރަމުންދާ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކޭޝް ފްލޯ ހަމަޖެއްސުމަށް މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނަގާނަމަ، ނެގޭނީ ތިން އަހަރުގެ އެވްރެޖް އާމްދަނީން އެ އަހަރަކަށް ޖެހޭ މިންވަރުގެ 1 އިންސައްތައަށް ވުރެ ބޮޑު ނުވާނެ އަދަދެކެވެ. އެހެންކަމުން، އައު ބިލުގައި މި އަދަދު 1.5 އިންސައްތަ އިތުރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ނަމަވެސް، ދަރަނި އަނބުރާ ދައްކަންޖެހޭ މުއްދަތު މިހާރުގެ ގާނޫނުގައިވެސް އޮތީ ތިން މަސް ދުވަސްކަން ފާހަގަކުރެވެއެވެ. މި ބިލު ފާސްވުމާއެކު، ދައުލަތުގެ މާލީ ހާލަތު އިތުރަށް ހަރުދަނާވެ، ދަރަނި މެނޭޖްކުރުމުގައި އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy