ލިވަޕޫލުގެ ތަރި ސަލާހު ޕީއެސްޖީއާއި ގުޅުމުގެ ފުރުސަތު ބޮޑު: ރިޕޯޓް

މި ވަގުތު ސަލާހު ހުރީ ރަނގަޅު ފޯމެއްގައި

ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު ޕެރިސް ސެއިންޓް-ޖަރމެއިން (ޕީއެސްޖީ) އާ ގުޅުމުގެ ފުރުސަތު ބޮޑުވަމުންދާ ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އުމުރުން 32 އަހަރުގެ މިސްރު ކުޅުންތެރިޔާގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، ލިވަޕޫލުން އޭނާއަށް އާ އެއްބަސްވުމެއް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ބުނެއެވެ.

ފްރާންސްގެ ނޫސް "ލެކުއިޕޭ" އިން ބުނެފައިވަނީ ޕީއެސްޖީން ސަލާހާއެކު ޓްރާންސްފާގެ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އަދި ޕީއެސްޖީގެ އޮފިޝަލުން އަންނަ ސީޒަނުގައި ސަލާހު އެ ޓީމުގައި ކުޅޭނެ ކަމުގެ ބޮޑު އުންމީދެއްގައި ތިބި ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ސަލާހުގެ ކެރިއަރާ ގުޅޭގޮތުން އޭނާ ބުނެފައިވަނީ އަދިވެސް ޔޫރަޕްގައި ދެތިން އަހަރު ކުޅުމުގެ ވިސްނުން ހުރި ކަމަށެވެ. މީގެ ކުރިން ސައުދީ އަރަބިއާގެ ޕްރޮފެޝަނަލް ލީގުގެ ކްލަބްތަކުން ސަލާހު ހޯދުމަށް މަސައްކަތްކޮށްފައިވީ ނަމަވެސް، އޭނާ އެ ހުށަހެޅުންތައް ބަލައިގަތްފައެއް ނުވެއެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސަލާހު ލިވަޕޫލަށް އެދިފައިވަނީ މަދުވެގެން ތިން އަހަރުގެ ކޮންޓްރެކްޓަކަށެވެ. އަދި މިހާރު ލިބެމުންދާ މުސާރައަށް އިތުރުވުމެއް ގެނައުމަށް ނުވަތަ މުސާރަ ބަދަލުނުކުރާނަމަ އިތުރު އެއް އަހަރު މަޑުކުރެވޭނެ މާއްދާއެއް ހިމެނުމަށް އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލިވަޕޫލްގެ އެހެން ތަރިންކަމަށްވާ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އަދި ވާޖިލް ވެން ޑައިކްގެ ކޮންޓްރެކްޓްތައްވެސް މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އެ ދެ ކުޅުންތެރިންނާއެކު ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ލިވަޕޫލުން ބުނެފައި ވެއެވެ. ނަމަވެސް ސަލާހުގެ މުސްތަޤުބަލާމެދު އަދިވެސް ސުވާލު އުފެދިފައިވާ އިރު އަންނަ ސީޒަނުގައި ޕީއެސްޖީ އިން ސަލާހު ފެނުމަކީ ވަރަށް ގާތްކަމެކެވެ.

 

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy