ހުޅުމާލޭ ދެވަނަ ފިޔަވަހިން 10 ބިން ވިއްކުމަށް ބީލަން ހުޅުވާލައިފި

ހުޅުމާލެ ބީޗްސައިޑަކީ އެންމެ ޑިމާންޑު ބޮޑު ސަރަހައްދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އިތުރު 10 ބިން ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބީލަމަށް ހުޅުވާލައިފިއެވެ.

މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިންނަށެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި މި ބިންތަކުގެ ތެރޭގައި ހިމެނެނީ ހުޅުމާލެ ފޭސް 2 ގެ ގޮނޑުދޮށާ ދިމާލުން ދޫކުރާ 3 ބިމާއި، ގޮނޑުދޮށް ހިމެނޭ ސަރަހައްދާ ކައިރިން ދޫކުރާ 7 ބިމެވެ. ބީޗް ފްރަންޓުން ވިއްކާ ބިންތަކުގެ ބޮޑުމިނަކީ 1،559 އަކަފޫޓާއި 3،250 އަކަފޫޓާ ދެމެދުގެ އަދަދެކެވެ. ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބޮޑުމިނަކީ 1،230 އަކަފޫޓާއި 1،534 އަކަފޫޓާ ދެމެދުގެ އަދަދެކެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށާއި 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ. ބީލަން ފެށޭ އަގަކީ ބީޗް ސައިޑުން އަކަފޫޓަކަށް 4،000 ރުފިޔާ އަދި ބީޗް ފްރަންޓުން އަކަފޫޓަކަށް 4،500 ރުފިޔާއެވެ.

ބިން ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަންޖެހޭނެއެވެ. ދެވަނަ މަރުހަލާގައި، އެއް ބިމަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ، ބިޑް ކުރިއަށް ގެންދެވޭނެއެވެ.

އެޗްޑީސީން މިއަހަރު ތެރޭގައި މީގެ ކުރިން ތިން ފަހަރެއްގެ މަތިން ހުޅުމާލޭ ފޭސް 2 އިން ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކުމަށް ހުޅުވާލާފައިވެއެވެ. އަދި 2021 އަދި 2022 ވަނަ އަހަރުވެސް ހުޅުމާލެ ފޭސް 2 އިން ބީލަމުގެ އުސޫލުން ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކާފައިވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy