ރޭގެ މެޗުގައި ސަލާ ވަނީ ލަނޑު ޖަހާފައި
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އަތުން 2-0 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ އެއްވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައި ހަމަޖެހިލައިފިއެވެ.
މި މޮޅާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 13 މެޗުން 34 ޕޮއިންޓާ އެކުގައެވެ.
ރޭގެ މެޗުގައި ލިވަޕޫލުން ފުރަތަމަ ލަނޑު ޖެހީ މުހައްމަދު ސަލާހު ދިން ބޯޅައަކުން ކޯޑީ ގަކްޕޯ ޖެހި ގޯލުންނެވެ. ދެވަނަ ލަނޑު ޖެހީ މެޗުގެ 78 ވަނަ މިނިޓްގައި ސަލާހު ޖެހި ޕެނަލްޓީންނެވެ. މިއީ ލިވަޕޫލްގެ ލުއިޒް ޑިއާޒަށް ސިޓީގެ ގޯލު ބެލެހެއްޓި ކީޕަރު، ސްޓެފަން އޯޓޭގާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މިއީ ލީގުގައި ސިޓީން ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ. ސިޓީން އެންމެ ފަހުން ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވީ 2012 ވަނަ އަހަރުއެވެ. އަނެއްކޮޅުން، ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ކުޅޭ ސިޓީން މިވަނީ މޮޅެއް ނުލިބި ހަތް މެޗު ފުރިހަމަކުރަން ޖެހިފައެވެ.
ލީގުގައި މިރޭ އެހެން މެޗުތަކުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ 4-0 އިން އެވަޓަން ބަލިކޮށްފައެވެ. އަދި ޗެލްސީން ވަނީ 3-0 އިން އެސްޓަން ވިލާ ބަލިކޮށްފައެވެ. ފުލަމްއިން ވަނީ ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމަން ޖެހުނު ނަމަވެސް 1-1 އިން އެއްވަރުކޮށްފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް