މިދިޔަ ދެ އަހަރު ރާއްޖޭގައި 9 މީހަކަށް އެޗްއައިވީ ޖެހިފައިވޭ

އެއިޑްށް ބައްޔަކީ މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ބައްޔެއް

ރާއްޖޭގައި މިދިޔަ އަހަރާއި މި އަހަރު އެކަނި ނުވަ މީހަކަށް، އެކުއައިޑް އިމިއުނޯޑެފިޝެންސީ ސިންޑްރޯމް (އެއިޑްސް) ޖައްސާ ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް (އެޗްއައިވީ) ފެތުރިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުން ދައްކައިފިއެވެ.

އެޗްޕީއޭއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނުނީ 1991 ވަނަ އަހަރުއެވެ. އޭގެފަހުން މި އަހަރުގެ އޮކްޓޯބަރު 31 ގެ ނިޔަލަށް އެޗްއައިވީ ޖެހުނު މީހުންގެ އަދަދު ވަނީ 49 އަށް އަރާފައެވެ.

މިހާރު އެޗްއައިވީއަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރޭގައި، މިދިޔަ އަހަރު އެޗްއައިވީ ޖެހުނު ތިން މީހަކާއި މި އަހަރު އެ ވައިރަހަށް ޕޮޒިޓިވްވި ހަ މީހެއް ހިމެނެއެވެ. މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު އިތުރުވަމުންދާ މިންވަރެކެވެ.

އެޗްއައިވީ ވައިރަސް ހަށިގަނޑަށް އެރުމަށްފަހު، އަހަރުތަކެއްގެ ތެރޭގައި ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިކޮށްލައެވެ. މީގެ ސަބަބުން އާންމުކޮށް ނުޖެހޭ އެތައް ބަލިތަކެއް ޖެހެން ފަށައެވެ. އެއިޑްސް ޖެހިފައިވާ ކަމަށް ބެލެވެނީ އެ ހިސާބުންނެވެ.

އެޗްއައިވީއަށް ދޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީޓްމަންޓެވެ. 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް މި ފަރުވާ އަންނަނީ ދެމުންނެވެ. މިއީ މުޅިން ހިލޭ ފޯރުކޮށްދޭ ފަރުވާއެކެވެ. އަދި އެޗްއައިވީއިން ރައްކާތެރިވުމުގެ ގޮތުން ދޭ ފަރުވާ ޕްރީ އެކްސްޕޯޝާ ޕްރޮފިލެކްސިސް (ޕްރެޕް) ވެސް ރާއްޖޭގައި ލިބެން ހުރެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy