އީފާސްގެ އޮންލައިން ފޭސް ވެރިފިކޭޝަން ޚިދުމަތް އަލުން ފަށައިފި

އީފާސް އެޕްލިކޭޝަނުން އެތައް ޚިދުމަތެއް ލިބޭ

ނެޝަނަލް ޑިޖިޓަލް އައިޑެންޓިޓީ، އީފާސް އިން އޮންލައިން ފޭސް ވެރިފިކޭޝަންގެ ޚިދުމަތް އަލުން ފަށައިފިއެވެ.

މި ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައި އޮތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތް ބަދަލުކުރުމަށްޓަކައެވެ.

އީފާސް ބަލަހައްޓާ ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު މި ޚިދުމަތް ފޯރުކޮށްދެނީ ލެޓްވިއާގައި ރަޖިސްޓަރީކޮށްފައިވާ ރެގިއުލާ ފޮރެންސިކްސް ކުންފުނީގެ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.

އެންސީއައިޓީން އިތުރަށް ވިދާޅުވީ މި ޚިދުމަތް ދޭނީ ބޭރުގެ އެއްވެސް ފަރާތަކަށް ރައްޔިތުންގެ ފޮޓޯ ނުވަތަ އެހެން ޒާތީ މަޢުލޫމާތެއް ހިއްސާކުރުމަކާ ނުލައި، އެންސީއައިޓީގެ އެތެރޭގައި ކަމަށެވެ. މިހާރު މި ޚިދުމަތް ލިބެނީ އީފާސް ވެބްސައިޓް މެދުވެރިކޮށް ކަމަށާއި، އާންމުކޮށް ބޭނުންކުރާ ހުރިހާ ބްރައުޒަރަކުން މި ޚިދުމަތް ލިބޭނެ ކަމަށްވެސް އެންސީއައިޓީން ވިދާޅުވިއެވެ.

އެންސީއައިޓީއާ ހަވާލުވެ ހުންނެވި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ އެ އިދާރާގެ އަމާޒަކީ އީފާސްގެ ނިޒާމް ދުވަހެއް ދުވަހަކަށް ހަރުދަނާކޮށް، ރައްޔިތުންނާއި މުއައްސަސާތަކުގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ނިޒާމަކަށް ހެދުން ކަމަށެވެ.

އީފާސްގެ މުހިންމު އެއް ބޭނުމަކީ ދައުލަތުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ޚިދުމަތް ދެވެނީ ޚިދުމަތަށް އެދޭ އަސްލު ފަރާތަށްކަން ކަށަވަރުކުރުމެވެ. މިއީ އެހެން މީހުންގެ އައިޑެންޓިޓީ ވަގަށް ނަގައި އޮޅުވާލައިގެން މުޢާމަލާތްތައް ހިންގުމުގެ ފުރުޞަތު ހަނިކުރުމަށް ފަށާފައިވާ ޚިދުމަތެކެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy