ކޭ-ޕާކް އެޕާޓްމަންޓްތަކުގެ މަސައްކަތް މާޗު މަހުގެ ނިޔަލަށް ނިންމަން އަންގައިފި

ކޭ ޕާކުން އިމާރާތްކުރާ ފުލެޓްތައް

ހުޅުމާލޭގައި ހަދަން ފަށާ ނުނިމި ހުރި ކޭ-ޕާކް އެޕާޓްމަންޓްތަކުގެ މަސައްކަތް އަންނަ މާޗު މަހުގެ ނިޔަލަށް ނިންމުމަށް އެޗްޑީސީން އަންގައިފިއެވެ.

މި މަޢުލޫމާތު ހާމަވެފައިވަނީ އެޗްޑީސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިޔެކިޔުންތަކަކުންނެވެ.

2016 ވަނަ އަހަރު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯއާ ހަވާލުކުރެވުނު މި މަޝްރޫޢުގެ މަސައްކަތް އަދިވެސް ކުރިއަށްދަނީ އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަންބޯ ކޮމްޕެނީ ލިމިޓެޑުންނެވެ. އަސްލު އެއްބަސްވުމުގައިވާ ގޮތުން، މަޝްރޫޢު ނިންމަން ދެވިފައިވަނީ ދެ އަހަރުގެ މުއްދަތެކެވެ. ނަމަވެސް މިހާރު ހަތް އަހަރު ވެއްޖެއެވެ.  

މި މަޝްރޫޢުގެ ލަސްވުމާ ގުޅިގެން ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ހަންބޯގެ އެއް ހިއްސާދާރު، ހަސަން މަމްދޫހު (މަންޑޭ) އެޕާޓްމަންޓްތައް މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން، މަޝްރޫޢު ނުނިމި ލަސްވުމުގެ ސަބަބުން ފްލެޓް ގަތް ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ގިނަ ބަޔަކު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަމުންދާކަން ފާހަގަކުރެވެއެވެ.

އެޗްޑީސީން މަޖިލީހުގެ ކޮމިޓީއަށް ދިން މަޢުލޫމާތުތަކުގައިވާ ގޮތުން، މަޝްރޫޢު ލަސްވަމުންދާތީ އެކި ފަހަރު މަތިން އެއްބަސްވުން އާކޮށް މުއްދަތު އިތުރުކުރަމުން ގޮސްފައިވެއެވެ. އެންމެ ފަހުން އެކަމުގައި އެޗްޑީސީން ކޮށްފައިވާ މުޢާމަލާތަކީ އާ އެއްބަސްވުމެއްގެ އިސްލާހެއްގައި ދެ ފަރާތުން ސޮއިކުރުމެވެ. މި އިސްލާހުގައި މަސައްކަތް ނިންމުމުގެ މުއްދަތު 30 މާޗު 2025 އަށް އިތުރުކުރުމަށް ނިންމާފައިވެއެވެ.

ނަމަވެސް، ކޭ ޕާކް މަޝްރޫޢުގައި ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވި ނަމަވެސް، މަޝްރޫޢު ހިންގާ މައި ކުންފުނި ހަމްބޯ ޓެކް ކޮރެއާއިން ވަނީ އެ މަޝްރޫޢު ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މީގެ ކުރިން ދީފައެވެ. އެ ކުންފުނިން ބުނެފައިވަނީ މައްސަލަ ޖެހުނީ ރާއްޖޭގެ އެޖެންޓް ކުންފުނި، ހަންބޯ މޯލްޑިވްސްއާ ދެމެދު ކަމަށެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

6 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy