-- ރައީސް ޑރ. މުއިއްޒު (ކ) އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު (ވ)
ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް އެކުލަވާލުމަށް ނިންމާފައިވާ "ގައުމީ ތަރައްގީގެ ޕްލޭން" އެކުލަވާލުމުގެ މަސައްކަތް ކޮށްދޭނެ ލޯކަލް ކޮންސަލްޓެންސީ ފާމެއް ހޯދަން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކޮށްދޭނެ ލޯކަލް ކޮންސަލްޓެންސީ ފާމެއް ހޯދުމަށް އިއުލާން ކުރާ ކަމަށެވެ.
މި މަސައްކަތަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.
މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ފަންނީ ގާބިލު ކަން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ގާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މައުލޫމާތު) ހުށަހަޅަން ވާނެއެވެ.
މިނިސް ޓްރީން ބުނިގޮތުގައި މި މަސައްކަތުގެ މަގުސަދަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދެމެހެއްޓެނިވި އިގުތިސާދީ، އިޖުތިމާއީ، ތިމާވެށި، އަދި އާބަން ޑިވެލޮޕްމަންޓު ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމެވެ.
އެހެންވެ، މި ޕްލޭންގައި ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ފައިދާ ހުރި ގޮތެއްގައި ތަންފީޒު ކުރުމާއި، މޮނިޓާ ކުރުމާއި، އިވެލުއޭޓް ކުރެވޭނެ މެކޭނިޒަމްތައް ހިމަނަން ވާނެ އެވެ.
މިމަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން މިމަހުގެ ދެ ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ. އަދި މިމަސައްކަތާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާ އެކެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 2:00ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓު އީމެއިލް މެދުވެރިކޮށް ހުށަހަޅަން ވަނީ ހުޅުވާލައިފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް