53 އަހަރަށްފަހު ލަސް ޕަލްމާސްއިން ބާސެލޯނާ ބަލިކޮށްފި

ބާސާވަނީ ކުރީގައި އޮތް ފޯމުގެއްލިފައި

ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ލަސް ޕަލްމާސް އަތުން 2-1 އިން ބަލިވެއްޖެއެވެ.

މިއީ 1971 ވަނަ އަހަރުގެ ފަހުން، ބާސެލޯނާ ދަނޑުގައި ލަސް ޕަލްމާސްއިން ހޯދި ފުރަތަމަ މޮޅެވެ.

ރޭގެ ނަތީޖާއާ އެކު، ލީގުގެ އެއްވަނައިގައި ބާސެލޯނާ މި ވަގުތު އޮތީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން ހަތަރު ޕޮއިންޓުގެ ލީޑަކާ އެކުގައެވެ. ބާސެލޯނާއަށް 15 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 13 މެޗުން ވަނީ 30 ޕޮއިންޓް ލިބިފައެވެ.

ރޭގެ މެޗުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ދެވަނަ ހާފު ފެށިގެން ހަތަރު މިނިޓް ތެރޭ ލަސް ޕަލްމާސްއިން ލީޑުނެގިއެވެ. އެ ޓީމުގެ ލަނޑު ޖެހީ ސަންޑްރޯ ރަމިރޭޒްއެވެ.

ބާސެލޯނާއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 61 ވަނަ މިނިޓުގައެވެ. މި ލަނޑު ޖެހީ ރަފީނިއާއެވެ. ނަމަވެސް ލަސް ޕަލްމާސްއިން މެޗުން މޮޅުވި ގޯލު ޖެހީ ބާސެލޯނާއިން އެއްވަރުކުރިތާ އަށް މިނިޓް ފަހުންނެވެ. މި ލަނޑު ޖެހީ ފަބިއޯ ސިލްވާއެވެ.

މިއީ ހަންސީ ފްލިކްގެ ކޯޗުކަމުގައި ބާސެލޯނާއިން ލީގުގައި ބަލިވި ތިންވަނަ މެޗެވެ. މި މެޗަކީ ބާސެލޯނާގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ފަހު ކުޅުނު ފުރަތަމަ މެޗެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

9 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy