ޚިޔާލު ފާޅުކުރަންވާނީ ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރޭގައި :އިހުސާން

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި މި ސަރުކާރުން ކަށަވަރުކޮށްދޭނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިހުސާން މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން ފުލުހުންގެ ތަޙުޤީޤަށް ހާޒިރުކުރަން އެންގުމާ ގުޅިގެންނެވެ.

އެމްޑީޕީގެ އެކްޓިވިސްޓު ހުސެއިން ޝާފިއު، އެކްސްގައި ކުރި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން މުޚާޠަބުކޮށް، "މަށަށް ކަލޭ މަގެއް މަތިން ނުފެންނާތި!" މިފަދައިން ބުނެފައިވާ ކަމަށް ވެއެވެ. މި ޕޯސްޓާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ ފާޑުކިޔަމުންނެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެފައިވަނީ، މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު" ގެ ނަމުގައި ރައްޔިތުންގެ އަޑު ކަނޑުވާލައި، ޚިޔާލު ފާޅުކުރުމަށް ހުރަސްއަޅަމުންދާ ކަމަށެވެ. އަދި ސަރުކާރާމެދު ހިތްހަމަނުޖެހުން ފާޅުކުރުމަކީ ބޮޑު ކުށަކަށް ވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން މިކަމާ ގުޅޭގޮތުން ވިދާޅުވެފައިވަނީ، ޝާފިއުގެ ޕޯސްޓުގައި ވަކި މީހަކަށް ޖިސްމާނީ ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމުގެ މާނަ ދޭހަވާތީ، އެކަން ތަޙުޤީޤުކުރުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ. އަދި މިފަދަ ބަސްތައް ފައްޔާޒަށް ނިސްބަތްކޮށް ބުނެފިނަމަ، އެކަމާމެދު ފިޔަވަޅު ނޭޅި ދޫކޮށްލަންވީތޯ ސުވާލު އުފައްދަވާފައިވެއެވެ.

މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވެފައިވަނީ، ސަރުކާރުން ހުރިހާ ރައްޔިތުންގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy