މިފްކޯއިން މަސްވެރިންނަށް 22 މިލިއަން ރުފިޔާ ދޫކޮށްފި

މި ސަރުކާރުން ވަނީ މަސްވެރިންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައި

މިފްކޯއިން ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްތަކަށް މިއަދު 22 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދޫކޮށްފިއެވެ.

މިއީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކިރާފައިވާ މަހަށްވާ ފައިސާއެވެ.

މިފްކޯއިން އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދެއްކީ މިދިޔަ އޮކްޓޫބަރު 31 ގައެވެ. އޭރު ދީފައިވަނީ 27 ސެޕްޓެންބަރުން 27 އޮކްޓޫބަރުގެ ނިޔަލަށް މަސްވެރިން މިފްކޯއަށް ކިރާފައި ހުރި މަހަށްވާ 15 މިލިއަން ރުފިޔާއެވެ.

މިއަދު ދޫކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދަކީ 22،922،141 ރުފިޔާއެވެ. ނަމަވެސް މީގެ ތެރެއިން 5،786،266 ރުފިޔާ ޑީސަލަށް ކަނޑާފައިވާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ފަހަރު ފައިސާ ދޫކުރިއިރު ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއަށް ކިރާފައިވާ މަހަށް ފައިސާ ނުދެވޭ ކަމަށާއި، ދެން އެންމެ އަވަހަށް ދޫކުރާނީ އެ ފައިސާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.

މިހާތަނަށް މިފްކޯއިން 918 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދީފައިވާއިރު، މިހާރު މަސްވެރިންނަށް ނުދައްކާ ހުރީ 30،482،931 ރުފިޔާ ކަމަށް މިފްކޯގެ ހިސާބުތަކުން ދައްކައެވެ.

ފާއިތުވި މުއްދަތުގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވެގެން، މަސްވެރިން އެތައް ފަހަރަކު އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ސުލްހަވެރި އެއްވުންތައް ބާއްވައި މުޒާހަރާވެސް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. މި ފައިސާ ދޫކުރުމާއެކު މަސްވެރިންގެ ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

21 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy