އިސްރާއީލުގެ ވެރިންނަށް މަރުގެ އަދަބު ދޭންޖެހޭ: އީރާނުގެ ރޫހީ ވެރިޔާ

އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ ހާމަނާއީ

ފަލަސްޠީނުގެ ޣައްޒާއާއި ލުބްނާންގެ މުސްލިމުންގެ ނަސްލު ނައްތާލުމަށްޓަކައި، ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ޒަޔަނިސްޓު އިސްރާއީލުގެ ވެރިންނަށް މަރުގެ އަދަބު ދިނުމަށް އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ ހާމަނާއީ ގޮވާލައްވައިފިއެވެ.

އޭނާ މިފަދައިން ގޮވާލައްވާފައި މި ވަނީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ކުރީގެ ދިފާޢީ ވަޒީރު ޔޮއާވް ގަލާންޓް ހައްޔަރުކުރުމަށް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީސީ)ން ނެރެފައިވާ އަމުރަށް އިޝާރާތް ކުރައްވައެވެ.

ޚާމަނާއީ ވިދާޅުވީ، ހައްޔަރު ކުރުމުގެ އަމުރު ނެރުމުގެ ބަދަލުގައި ޒަޔަނިސްޓު އިސްރާއީލުގެ ވެރިންގެ މައްޗަށް އިއްވަންވީ މަރުގެ ޙުކުމް ކަމުގައެވެ. އައިސީސީގެ އަމުރުގައި ބުނެފައި ވަނީ، ޣައްޒާގެ މުސްލިމުން ޝަހީދު ކުރުމާއި، ހައިހޫނުކަމަކީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމާއި، ދުރާލައި ރާވައިގެން ގަސްދުގައި ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ޖިނާޢީ ޒިންމާ އެ ދެ މީހުން އުފުލަން ޖެހޭނެ ކަމަށް ޤަބޫލު ކުރެވޭ ކަމުގައެވެ.

އައިސީސީގެ އަމުރަށް އިސްރާއީލުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނަމަވެސް، އައިސީސީގެ އަމުރާ އެކު، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކުގެ ޝިކާރައަކަށްވެ، ނިކަމެތިފައިވާ ޣައްޒާގެ ރައްޔިތުންނަށް ކޮންމެ ވެސް ވަރެއްގެ އުންމީދެއް ލިބިގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy