ލިވަޕޫލް ދޫކޮށްލުމުގެ ފުރުސަތު ބޮޑު: ސަލާހު

މުހައްމަދު ސަލާހު

ލިވަޕޫލުން މިހާތަނަށް އޭނާ އަށް އާ ކޮންޓްރެކްޓެއް ނުދޭ ކަމަށާއި މިހާރު އޮތް ހާލަތަށް ބަލާއިރު އޭނާ ލިވަޕޫލް ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށް ލިވަޕޫލްގެ މިސްރު ފޯވާޑް، މުހައްމަދު ސަލާހު ބުނެފި އެވެ.

މިއީ، މި ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި ސަލާހު، 32، އެ ކްލަބްގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދެއްކި ދެ ވަނަ ފަހަރެވެ.

ސައުތެމްޓަން އަތުން ލިވަޕޫލް މޮޅުވި މެޗުގައި ދެ ގޯލު ޖެހި ސަލާހު ބުނެފައިވަނީ، މިހާތަނަށް އައިއިރު ލިވަޕޫލްގެ ފަރާތުން އޭނާ އަށް އާ ކޮންޓްރެކްޓެއް ހުށަނާޅާ ކަމަށެވެ. އޭނާ ބުނި ގޮތުގައި މި ކްލަބްގައި މަޑުކުރުމަށް ވުރެ ބޮޑަށް ދިއުމުގެ ފުރުސަތު ބޮޑެވެ.

"އަހަރެން މި ކްލަބްގައި ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ، އަހަރެން ސަޕޯޓަރުން ދެކެ ވަރަށް ލޯބިވޭ، މިއީ، ހަގީގަތުގައި ސަޕޯޓަރުންގެ ކަމެއް ނޫން، މިއީ ކްލަބުން އަންނަން ޖެހޭ ކަމެއް، އަހަންނާއި ލިވަޕޫލް ސަޕޯޓަރުންގެ ގުޅުން އަބަދުވެސް ރަނގަޅު. މި ކަން މި އޮތީ އަހަރެން އަތުގައި ވެސް އަދި ސަޕޯޓަރުން އަތުގައެއް ވެސް ނޫން،" ސަލާހު ބުންޏެވެ.

ލިވަޕޫލާ 2017 ވަނަ އަހަރު ގުޅުނު ސަލާހު، އެންމެ ފަހުން އެ ޓީމުގެ ކޮންޓްރެކްޓް އާ ކުރީ، 2022 ވަނަ އަހަރު އެވެ. އެއީ ތިން އަހަރުގެ ކޮންޓްރެކްޓެކެވެ. ހަފްތާ އަކު، 370،000 ޑޮލަރު ލިބޭ އެއްބަސްވުން، އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

ސަލާހުގެ އިތުރުން، ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އާއި ވާޖިލް ވެން ޑައިކް ވެސް ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ލިވަޕޫލުން ވެން ޑައިކާއި އާނޯލްޑްއާ އެކު އަންނަނީ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy