ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭ ލެވެލްގައި މެރިން ސައިންސް ކިޔަވައިދޭން ފަށައިފި

ސީއެޗްއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭ ލެވެލްގައި މެރިން ސައިންސް މާއްދާ ކިޔަވައިދޭން ފަށައިފިއެވެ.

މި މާއްދާ ކިޔަވައިދޭން ފެށީ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައެވެ.

ސީއެޗްއެސްއީގައި މިދިޔަ ސެޕްޓެމްބަރު މަހު އޭ ލެވެލް ފެށިއިރު މެރިން ސައިންސް ކިޔަވައިދޭން ފެށި ނަމަވެސް، ރަސްމީކޮށް މިކަން ފާހަގަކުރީ އިއްޔެއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުގެ މެރިން ބަޔޮލޮޖިސްޓް ޑރ. އަހުމަދު ރިޔާޒް ޖައުހަރީ ބައިވެރިވެވަޑައިގަތެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް އަބްދުﷲ ދީދީ ވިދާޅުވި ގޮތުގައި އެ ސްކޫލުގައި 14 ދަރިވަރުން މެރިން ސައިންސް ކިޔަވަމުންދެއެވެ. މީގެ އިތުރުން ހުޅުމާލެ ސްކޫލުގައި ހަތް ދަރިވަރުން މި މާއްދާ ކިޔަވަމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރާއްޖޭގައި ފިޝަރީޒް ސައިންސް ކިޔަވައިދޭން ފެށީ 1984 ވަނަ އަހަރު މަޖީދިއްޔާ އާއި އަމީނިއްޔާ ސްކޫލުގައެވެ. އެ މާއްދާއިން ފުރަތަމަ ފަހަރަށް އޯ ލެވެލް އިމްތިހާނު ހެދީ 1987 ވަނަ އަހަރުއެވެ. މިހާރު މެރިން ސައިންސް ކިޔަވައިދޭން މި ފެށީ އޯ ލެވެލްގައި ފިޝަރީޒް ސައިންސް ކިޔަވައިދޭން ފެށިތާ 40 އަހަރަށްފަހުގައެވެ.

ސީއެޗްއެސްއީގައި މެރިން ސައިންސްގެ އިތުރުން މެރިން ބަޔޮލޮޖީ، ޓްރެވަލް އެންޑް ޓޫރިޒަމް، ސައިކޮލޮޖީ އަދި ކޮމްޕިއުޓަރ ސައިންސް ވެސް ވަނީ އަލަށް ކިޔަވައިދޭން ފަށައިފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy