އީސީގެ ނައިބު ރައީސާއި މެންބަރެއް ވަކިކުރަން މަޖިލީހުން ފާސްކޮށްފި

މިއަދު ވަކިކުރެވުނު ބޭފުޅުން

މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، ޤާނޫނާ ޚިލާފު އެތައް ކަމެއް ކުރިކަމުގެ ބޮޑެތި ތުހުމަތުތަކާ އެކު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހުށަހެޅި ރިޕޯޓުގައި، ރިޔާސީ އިންތިޚާބުގައި އީސީގެ ޑޭޓާބޭސްއިން މަޢުލޫމާތު ނަގައިގެން ނަޝާތު ވަނީ އެޕްލިކޭޝަންތައް ހަދައި، އެ އެޕްލިކޭޝަންތައް ވިއްކައި ބައެއް ސިޔާސީ ޕާޓީތަކަށް ދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި، ވަކި ސިޔާސީ ޕާޓީއަކަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް އެ ތިން މެންބަރުން އެކުގައި މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މިއަދު ނެގި ވޯޓުގައި އީސީގެ ނައިބު ރައީސް އަލީ ނަޝާތު ވަކިކުރުމަށް 69 މެންބަރުން ވޯޓުދެއްވިއިރު، 10 މެންބަރުން ވަނީ ދެކޮޅަށް ވޯޓުދެއްވާފައެވެ. އަދި، އީސީގެ މެންބަރު މުހައްމަދު އާސިފް ވަކިކުރުމަށް 68 މެންބަރުން ވޯޓުދެއްވިއިރު، 10 މެންބަރުން ވަނީ ދެކޮޅަށް ވޯޓުދެއްވާފައެވެ.

އެހެންނަމަވެސް، އީސީގެ މެންބަރު ޑރ. މުހައްމަދު ޒާހިރު މަޤާމުން ވަކިނުކުރުމަށް 70 މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު މަޤާމުން ވަކިނުކުރުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މި މައްސަލައިގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ދެ މެންބަރަކު ވަނީ ވޯޓަށް އެހުމުގެ ކުރިން މަޤާމުން އިސްތިއުފާދީފައެވެ. އެހެންކަމުން އެ ދެ މެންބަރުންނާ ގުޅޭ ގޮތުން ވޯޓެއް ނަގާފައެއް ނުވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy