އައިޑީ ކާޑު ފަސޭހައިން ލިބޭގޮތް ހެދުމަކީ މި ސަރުކާރުގެ އަމާޒެއް
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ހުޅުމާލެ އަދި ވިލިމާލޭގައި މިއަދު ފަށައިފިއެވެ.
މި ޚިދުމަތް ފެށުމާއެކު، މާލެ ސަރަޙައްދުގެ ރައްޔިތުންނަށް އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މި ޚިދުމަތް ފަށައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 16 ވަނަ ދުވަހު އިފްތިތާޙުކުރެއްވި މަޝްރޫޢުގެ ދަށުންނެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މި ޚިދުމަތް ލިބެން ހުންނާނީ ޢުމަރު ޒާހިރު ބިލްޑިންގގެ ގްރައުންޑް ފްލޯގައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޚިދުމަތް ދެމުންދާނީ ވިނަރެސް ޓަވަރ 2 ގެ ފުރަތަމަ ފަންގިފިލާގައެވެ. އަދި ވިލިމާލޭގައި މި ޚިދުމަތް ލިބޭނީ އީ ބްލޮކްގެ ގްރައުންޑް ފްލޯގައެވެ.
މި ތިން ތަނުގެ އިތުރުން، ޑީއެންއާރުގެ 174 ކަލެކްޓިންގ ސެންޓަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން، އައިޑީ ކާޑުގެ ޚިދުމަތް އޮންލައިންކޮށް ފުރަތަމަ ފަހަރަށް ދޭން ފެށީ ކޯވިޑް-19 އާ ގުޅިގެން 2021 ވަނަ އަހަރުގައެވެ.
ސަރުކާރުގެ އަމާޒަކީ އައިޑީ ކާޑު ހައްދައިދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢު އަންނަ އަހަރަށް ނިންމުމެވެ. މި މަޝްރޫޢުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއްކަން ފާހަގަކުރެވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް