ރަޝިޔާގެ ޑްރޯން ހަމަލާތަކުގައި ޔޫކްރެއިންގެ އާއްމުންގެ ދެ މީހުން މަރުވެއްޖެ

ރަޝިޔާ އާއި ޔުކުރެއިންގެ ހަނގުރާމަ އިތުރަށް ފުޅާވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް

ޔޫކްރެއިންގެ އިރުއުތުރުގައި އޮންނަ ސޫމީ ސަރަޙައްދަށް ރަޝިޔާއިން ދިން ޑްރޯން ޙަމަލާތަކެއްގައި ޢާންމުންގެ ދެ މީހުން މަރުވެއްޖެއެވެ.

ސޫމީގެ އޮފިޝަލުން ބުނެފައިވަނީ ރަޝިޔާގެ އަސްކަރިއްޔާއިން ޑްރޯން ޙަމަލާތައް އަމާޒު ކޮށްފައިވަނީ އެޕާޓްމަންޓް އިމާރާތްތަކަކަށް ކަމަށެވެ. މި ޙަމަލާތަކުގައި އިތުރު 12 މީހުން ޒަޚަމުވެފައިވާ ކަމަށްވެސް އެ ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ.

ރަޝިޔާގެ ޙަމަލާތަކުގައި އާންމުން ދިރިއުޅޭ 12 އެޕާޓްމަންޓެއްގެ އިތުރުން، ފަސް ގެއަކާއި، ފިހާރައަކާއި ގިނަ އަދަދެއްގެ އެއްގަމު އުޅަނދަށް ގެއްލުންވެފައިވާ ކަމަށް ސޫމީގެ ކަމާގުޅޭ އިދާރާތަކުން ބުނެފައިވެއެވެ. މި ސަރަޙައްދުތަކަށް ޙަމަލާ ދިނުމަށް ރަޝިޔާއިން ތިން އަސްކަރީ ޑްރޯން ބޭނުން ކޮށްފައިވާ ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ހުސްވި ހަފުތާއިން ފެށިގެން ރަޝިޔާއިން ދަނީ ސޫމީގެ އެކި ސަރަޙައްދުތަކަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ ޙަމަލާތައް ދީފައިވަނީ ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކާއި ވިއުގައަށެވެ. ހޫޝިވް ކިޔާ ރަށަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކެއްގައި ޢާންމުންގެ 12 މީހުން މަރުވެފައިވާ ކަމަށް އެ ރަށުގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ.

ރަޝިޔާއިން ސޫމީއަށް ޙަމަލާތަކެއް ދީފައިވަނީ، ޔޫކްރެއިނުން ވެސް ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މި ޙަމަލާތަކުގައި ޔޫކްރެއިނުން ދަނީ އެމެރިކާއިން ފޯރުކޮށްދެމުންދާ ދުރު-ރާސްތާގެ މިސައިލްތައް ބޭނުން ކުރަމުންނެވެ.

ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. މިއީ، 'ޕްރޮކްސީ'އެއް ނުވަތަ މެދުވެރިއެއްގެ ގޮތުގައި ޔޫކްރެއިން ބޭނުން ކޮށްގެން، އެމެރިކާއާއި ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ން ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރާ ހަނގުރާމައެކެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy