ގައްޒާއަށް ވެއްދި އެހީގެ ގާފިލާތަކުގެ ބޮޑު ބައެއް ލޫޓުވައިފި

އިސްރާއިލުން އަންނަނީ ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް ހުރަސް އަޅަމުން

އިސްރާއީލުގެ ހަމަލާތަކުން ގެދޮރު ގެއްލި ހާލުގައިޖެހިފައިވާ ޣައްޒާގެ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮނިހިރު ދުވަހު ވެއްދި 108 އެހީގެ ގާފިލާ ތެރެއިން 98 ގާފިލާ ލޫޓުވާލައިފިކަމަށް އދގެ ފަލަސްތީނު ރެފިއުޖީ އޭޖެންސީ (އުންރުވާ) އިން ބުނެފިއެވެ.

އުންރުވާގެ ސީނިއާ އިމަޖެންސީ އޮފިސަރު ލޫއީސް ވޯޓާރިޖް ވިދާޅުވީ، މިއީ 13 މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ހަނގުރާމައިގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ހާދިސާ ކަމަށެވެ. ނަމަވެސް، ލޫޓުވީ ކޮން ބައެއްކަން އުންރުވާއިން ހާމައެއްނުކުރެއެވެ.

"ކާބޯތަކެތި ނުލިބުމުގެ ސަބަބުން ދެ މިލިއަނަށްވުރެ ގިނަ މީހުންގެ ފުރާނައަށް އިތުރަށް ނުރައްކާވާނެ," ވޯޓާރިޖް ވިދާޅުވިއެވެ.

އިސްރާއީލުން ބުނީ ޣައްޒާއަށް އެކަށީގެންވާ ވަރަށް އެހީ ވެއްދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާ ކަމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް ނާޅާ ކަމަށެވެ. ނަމަވެސް، އދގެ އެހީ ފޯރުކޮށްދޭ އޮފިޝަލަކު ވިދާޅުވީ، ޣައްޒާއަށް އެހީ ފޯރުކޮށްދިނުން މިހާރު ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

އިސްރާއީލުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 43،922 ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން ވަނީ އުންރުވާއިން އެ ގައުމުގައި ހަރަކާތްތެރިވުން މަނާކޮށް، އެ ޖަމިއްޔާއާ ގުޅުން ކަނޑާލާފައެވެ. އަދި، އެ ޖަމިއްޔާއާއި ހަމާސްއާ ގުޅުން އޮންނަ ކަމަށް ވެސް އިސްރާއީލުން ބުނެއެވެ. ނަމަވެސް، އުންރުވާއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy