ހިޒްބުﷲގެ މިސައިލް ހަމަލާއިން ޓެލްއަވީވަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ޓެލްއަވީވުގެ ބައެއް ސަރަހައްދުތަކަށް ވަަރަށް ބޮޑަށް ގެއްލުން ލިބިފައި

ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ދިން ރޮކެޓް ހަމަލާއެއް އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މި ހަމަލާގައި ހަ މީހަކު ޒަޚަމްވެ، އޭގެ ތެރެއިން އެކަކުގެ ހާލަތު ވަނީ ފުރާނައަށް ނުރައްކާވާ ދަރަޖައިގައެވެ.

ހިޒްބުﷲއިން ބުނެފައިވަނީ ޓެލްއަވީވުގައިވާ ޓެރަރިސްޓް މަރުކަޒަކަށާއި އަސްކަރީ ހައްސާސް ޕޮއިންޓްތަކަކަށް ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ހަމަލާގެ ސަބަބުން ޓެލްއަވީވުގެ އެތައް އިމާރާތަކަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މި ހާދިސާގެ ވީޑިއޯތަކުން ދައްކާ ގޮތުގައި އެތައް އިމާރާތެއްގައި ވަނީ އަލިފާން ރޯވެފައެވެ. އިސްރާއީލުގެ ފަޔަރ އެންޑް ރެސްކިއު އޮތޯރިޓީން މައުލޫމާތު ދީފައިވާ ގޮތުގައި މި ހަމަލާތަކުގެ ސަބަބުން ތިން އިމާރާތަކަށާއި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ އިދާރާގެ މަސްއޫލުވެރިޔާ ބުނެފައިވަނީ މިވަރުގެ ބޮޑު ގެއްލުމެއް ޓެލްއަވީވުން ކުރިން ފެނިފައިނުވާ ކަމަށެވެ.

އިސްރާއީލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ޓެލްއަވީވުގެ އިމާރާތްތަކަށް ވެއްޓިފައިވަނީ ހިޒްބުﷲގެ މިސައިލްތަކަށް ހުރަސްއަޅަން އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކުން ފޮނުވި ރޮކެޓްތަކުގެ ބައިތަކެއް ކަމަށެވެ. ނަމަވެސް އިސްރާއީލުގެ ފުލުހުންގެ ބަޔާނެއްގައި ބުނެފައިވަނީ ޓެލްއަވީވުގެ އިމާރާތްތަކަށް އަރާފައިވަނީ ސީދާ ހިޒްބުﷲއިން ފޮނުވި މިސައިލްތަކެއް ކަމަށެވެ.

މި ހަމަލާއާ ގުޅިގެން އިސްރާއީލުގެ މައި އެއަރޕޯޓްކަމަށްވާ ބެން ގޫރިއަން އެއަރޕޯޓް ވަގުތީގޮތުން ބަންދުކުރެވުނެވެ. ނަމަވެސް ފަހުން ވަނީ އަލުން ހުޅުވާލާފައެވެ. މި ހަމަލާއަކީ އިސްރާއީލަށް ރައްދު ދިނުމުގެ ގޮތުން ހިޒްބުﷲއިން ފަހަކަށް އައިސް ދެމުންދާ މިސައިލް ހަމަލާތަކުގެ ތެރެއިން އެއް ހަމަލާއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

9 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy