ގައުމަށް ގަދަރުކުރާ ޖީލެއް ބިނާކުރުމުގެ މަގުތައް ހުޅުވިގެންދާތީ އުފާކުރަން: މެޑަމް ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

މި ސަރުކާރަށް ވީ އެއް އަހަރުގެ ތެރޭގައި ގައުމަށް ގަދަރުކުރަން އެނގޭ ޖީލެއް ބިނާކުރުމުގެ މަގުތައް  ހުޅުވިގެންދާތީ އެކަމާ އުފާފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ އޮފީސް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސާޖިދާ ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ އިލްމަކީ ދިވެހިން ދެމިތިބުމާ ގުޅިފައިވާ އިލްމެއް ކަމަށެވެ. އަދި ކޮންމެ ގައުމެއްގައި ވެސް އޮންނާނީ އެ ގައުމެއްގެ އަމިއްލަ ގައުމިއްޔަތެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި އޮންނަން ވާނީ ދިވެހިންގެ އަމިއްލަ، ދިވެހި ގައުމިއްޔަތެއް ކަމަށް ވިދާޅުވި އެވެ.

"އިލްމީ ގޮތުން ދިވެހި ގައުމާ އެއްކޮޅަށް ވިސްނަން އެނގޭ ކަހަލަ، އަމިއްލަ ނަފުސާއި އަމިއްލަ ގައުމަށް ގަދަރު ކުރަން އެނގޭ ޖީލެއް ބިނާވުމުގެ މަގުތައް ހުޅުވޭތީ، މަންމައެއްގެ ހައިސިއްޔަތުން އެންމެ އުފާވާ ކަމެއް" ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާގެ ވާހަކަފުޅުގައި މި ސަރުކާރަށް ވީ އެއް އަހަރުގެ ތެރޭގައި އެ އަމާޒަށް ވާސިލުވާން ކުރި މަސައްކަތްތަކަށް ވެސް އަލިއަޅުވާލެއްވި އެވެ. އޭގެ ތެރޭގައި ދިވެހި ގައުމިއްޔަތުގެ އިސްވަރު އުފެއްދުމާއި، ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު ގާއިމުކުރުން ހިމެނެ އެވެ.

ގައުމިއްޔަތުގެ އިސްވަރު އޮފީސް ހުޅުވުމުން މަސައްކަތްތައް އިތުރުވުމާ އެކު މަސައްކަތްތައް ހަލުވިވެގެންދާނެ ކަމަށް ސާޖިދާ ވިދާޅުވި އެވެ. ގައުމިއްޔަތުގެ އިސްވަރަކީ ގައުމިއްޔަތުގެ ދިރާސާތައް ހެދުމަށް ސަރުކާރުން އުފައްދަން ނިންމާފައިވާ ކޮލެޖެއް ކަމާއި، މިދިޔަ ސެޕްޓެމްބަރުގައި ރައީސް ވަނީ އެ ކޮލެޖު އިފްތިތާހު ކޮށްދެއްވާފައިވާ ކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy