ހުޅުމާލޭ ކެފޭއަކަށް ވަދެ މާރާމާރީ ހިންގި މީހާ ޝަރުތުކުރުމަށްފަހު ދޫކޮށްލައިފި

ހުޅުމާލޭ ރާކަނި ބީޗުގައި މާރާމާރީ ހިންގި މީހާ

ހުޅުމާލޭ ކެފޭއަކަށް ރޭ ބަޔަކު ވަދެ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރުތުކުރުމަށްފަހު ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ރާކަނި ބީޗު ކެފޭގައި ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން ހައްޔަރު ކުރީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެހެންނަމަވެސް ކޯޓުން އޭނާއަށް ކުރީ ކޮން ޝަރުތެއް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

އެ މާރާމާރީ ހިންގައި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަ ގޮތުން ދެ މީހަކު ކެފޭ ތެރޭގައި އިށީންދެލައިގެން ތިއްބައި ސައިކަލެއްގައި އައިސް ކެފޭ ކުރިމައްޗަށް ދެ މީހަކު މަޑުކޮށްލައެވެ.

އެއަށްފަހު، އެ މީހުން ތެރެއިން އެކަކު ގޮސް ކެފޭ ތެރޭގައި އިށީންދެގެން އިން މީހަކަށް ގޮނޑިއަކުން ހަމަލާދެނިކޮށް ފެނެއެވެ. އަދި އެއަށް ފަހު، ދެ މީހުންގެ ދެމެދުގައިވެސް މާރާމާރީ ހިނގާ މަންޒަރު ފެނެއެވެ.

ވީޑިއޯއިން ފެންނަގޮތުގައި އެ މާރާމާރީ ހުއްޓުވީ ކެފޭ ތެރޭގައި އެވަގުތު ތިބި ބަޔަކު ގޮހެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy