އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވައިފި

މިއަދު ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢު ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފިއެވެ.

މި މަޝްރޫއު ފެށުމުގެ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވަނީ ހަ ރަށެއްގައި މި ހިދުމަތް ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދާއި އަތޮޅުތައް ހިމެނޭ ގޮތަށް ހަ ތަނެއްގައި އައިޑީކާޑު ޕްރިންޓުކުރުމާއި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ވަނީ ގާއިމުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ފަސް ތަނެއްގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތާއި ތިން ތަނެއްގައި އައިޑީކާޑު ދޫކުރުމުގެ ހިދުމަތެވެ.

ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށާފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހި، ހުޅުމާލެ ދެވަނަ ފިޔަވަހި، ވިލިމާލެ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫގައެވެ. އައިޑީކާޑުގެ ހިދުމަތް ފަށާފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހި، ހުޅުމާލެ ދެވަނަ ފިޔަވަހި އަދި ކުޅުދުއްފުށި ސިޓީގައެވެ.

މި ރަސްމިއްޔާތުގައި އަންނަ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާކުރާނެ ގޮތުގެ މަގު ޗާޓެއް ވެސް ވަނީ ހާމަކޮށްފައެވެ. އެ ގޮތުން އަންނަ އަހަރުގެ ތެރޭގައި އަތޮޅުތަކާއި ބައެއް ރަށްތައް ހިމެނޭ ގޮތަށް 21 ތަނެއްގައި މި ހިދުމަތް ފެށުމަށް ވަނީ ނިންމާފައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށާއި، އަންނަ އަހަރުގެ ނިޔަލަށް މި މަޝްރޫޢު ނިންމުމަށް ރައީސް ވަކި ތާރީޚުތަކެއް ދެއްވާފައިވާ ކަމަށެވެ.

އިހުސާން އިތުރަށް ވިދާޅުވީ އައިޑީކާޑުގައި ހިމެނޭ މުހިންމު މަޢުލޫމާތުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އެ ގޮތުން އަލަށް ހިދުމަތް ފަށާ ސަރަހައްދުތަކުން ހުށަހަޅާ އެޕްލިކޭޝަންތައް އޮތަރައިޒްކުރެވޭނީ ހަމައެކަނި ޕްރިންޓުކުރުމަށް އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

9 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy