ޕެރަގުއޭ އިން އާޖެންޓީނާ ބަލިކޮށް ތާރީޚީ ކާމިޔާބީއެއް ހޯދައިފި

އާޖެންޓީނާ އާއި ޕެރެގުއޭ ބައްދަލުކުރި މެޗުގެ ތެރެއިން

ވޯލްޑްކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ބައްރުގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އާއި ދެކޮޅަށް ޕެރަގުއޭ ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ޕެރަގުއޭ އިން ކާމިޔާބުކޮށްފިއެވެ.

މިއީ ޕެރަގުއޭގެ ތާރީޚުގައި ދުނިޔޭގެ ޗެމްޕިއަން އަތުން ވޯލްޑްކަޕް ކޮލިފައިން މެޗެއްގައި އެ ގައުމު މޮޅުވި ފުރަތަމަ ފަހަރެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް 11 ވަނަ މިނިޓުގައެވެ. ނަމަވެސް އޭގެ އަށް މިނިޓު ފަހުން ޕެރަގުއޭގެ އެންޓޯނިއޯ ސަނަބްރިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުން  ޕެރަގުއޭ މޮޅުވި ލަނޑު އެޓީމުން ޖަހާފައި ވަނީ ދެވަނަ ހާފުގައެވެ.

އާޖެންޓީނާ މި މެޗުން ބަލިވި ނަމަވެސް، އަދިވެސް ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގެ އެއްވަނަ ޓީމުގެ ގޮތުގައި އޮތީ އާޖެންޓީނާއެވެ. މިހާތަނަށް އާޖެންޓީނާ ކުޅުނު 11 މެޗުން 22 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތް ކޮލަމްބިއާއަށް 10 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.

މި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް މާ ރަނގަޅު ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފައެވެ. އަދި ޖުމްލަ ގޮތެއްގައި މުޅި އާޖެންޓީނާގެ ފަރާތުންރާތުންވެސް ފެނިފައިވަނީ ދަށް ކުޅުމެކެވެ. ވޯލްޑްކަޕް ކޮލިފައިންގައި ދެން އާޖެންޓީނާ ނިކުންނާނީ އަމިއްލަ ގައުމުގައި ޕެރޫ އާއި ދެކޮޅަށެވެ

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy