ޓްރަމްޕާއި ބައިޑެން ބައްދަލުކޮށް އިންތިގާލީ މަރުހަލާ އޮމާންކޮށް ކުރިއަށް ގެންދިއުމަށް އެއްބަސްވެއްޖެ

ރައީސް ޑޮނަލްޑް ޓްރަމްޕް އަދި މިހާރުގެ ރައީސް ޖޯ ބައިޑެން

އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕް އަދި މިހާރުގެ ރައީސް ޖޯ ބައިޑެން ބުދަ ދުވަހު އޯވަލް އޮފީހުގައި ބައްދަލުކުރައްވައި، އިންތިގާލީ މަރުހަލާ "އޮމާންކަމާއެކު" ކުރިޔަށް ގެންދިއުމަށް އެއްބަސްވެވަޑައިގެންފިއެވެ.

މި ބައްދަލުވުމަކީ ވެރިކަން އޮމާންކަމާއެކު ބަދަލުކުރުމުގެ އާންމު އުސޫލެއްގެ ގޮތުން ކުރެވޭ ބައްދަލުވުމެކެވެ.

ބައްދަލުވުމުގައި ބައިޑެން ވަނީ ޓްރަމްޕަށް ވައިޓް ހައުސްގައި މަރުހަބާ ދަންނަވައި، އޮމާންކަމާއެކު އިންތިގާލީ މަރުހަލާ ކުރިޔަށް ގެންދެވޭނެކަމުގެ އުންމީދު ފާޅުކުރައްވާފައެވެ. ޓްރަމްޕްވެސް ވަނީ ޝުކުރު އަދާކުރައްވައި، މިއަދަކީ ރީތި ދުވަހެއްކަމަށް ވިދާޅުވެފައެވެ.

ރައީސްކަމަށް އިންތިޚާބުވި ޓްރަމްޕް ބުދަ ދުވަހު ވޮޝިންގްޓަނަށް ޒިޔާރަތްކުރެއްވީ، ބިލިއަނަރު އީލޮން މަސްކްއާ އެކުގައެވެ. އޭނާ ވަނީ ރިޕަބްލިކަން މެންބަރުންނާ ބައްދަލުކުރެއްވުމަށްފަހު، ރައީސް ޖޯ ބައިޑެންއާ އޯވަލް އޮފީހުގައި ބައްދަލުކުރައްވާފައެވެ.

2021 ވަނަ އަހަރުގެ ޖަނަވަރީ 6 ގައި ހިނގި ކެޕިޓަލް ހަމަލާއަށްފަހު، ސިޔާސީގޮތުން ބަލިވެ، ނުފޫޒު ގެއްލިފައިވާ ލީޑަރެއްގެ ގޮތުގައި ވޮޝިންގްޓަން ދޫކުރެއްވި ޓްރަމްޕް، މިހާރު ދަނީ އަލުން ވެރިކަމާ ހަވާލުވުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް 2020 ގެ އިންތިޚާބުގައި ބައިޑެންއާ ވާދަކޮށް ބަލިވުމުން، ޓްރަމްޕް ވަނީ ވޯޓު އޮޅުވާލުމުގެ ތުހުމަތުތައް ކުރައްވާފައެވެ.

އިންތިޚާބީ ކެމްޕޭންގައި ޓްރަމްޕަކީ ޑިމޮކްރަސީއަށާއި ގައުމުގެ އަސާސީ އަގުތަކަށް ނުރައްކަލެއްކަމަށް ވިދާޅުވި ނަމަވެސް، ބައިޑެން މިހާރު ވިދާޅުވަނީ އިންތިގާލީ މަރުހަލާ އޮމާންކަމާއެކު ކުރިޔަށް ގެންދިއުމަށް އެހީތެރިވެދެއްވާނެ ކަމަށެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރީން ޖީން-ޕިއޭ ވިދާޅުވީ، މިއީ އެމެރިކާ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ރަނގަޅުކަމެއް ކަމަށެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy