ރައީސް މުއިއްޒު ކޮޕް 29 ގައި ބައިވެރިވެވަޑައިގަތުމަށް ބާކޫއަށް ވަޑައިގެންފި

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އދ.ގެ ފެރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ދަށުން ބާއްވާ ކޮޕް 29ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އަޒަރްބައިޖާންގެ ބާކޫއަށް ވަޑައިގެންފިއެވެ.

މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ކޮންފަރެންސްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާ އެކުގައެވެ.

ކޮޕް 29ގެ އެޖެންޑާގައި ހިމެނެނީ އެން ހޭންސްޑް ޓްރާންސްޕޭރެންސީ ނެޓްވޯކް ފުރިހަމަ ކުރުމާއި، މާލީ އައު ލަނޑުދަނޑިއެއް ކަނޑައެޅުމާއި، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ އިތުރުން ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ތަރައްޤީކުރުމުގައި ހުރި ގޮންޖެހުންތަކާ ބެހޭ މަޝްވަރާތަކެވެ.

ރައީސް މުއިއްޒު މި ދަތުރުފުޅު ކުރައްވަނީ ސައުދީ ޢަރަބިއްޔާގެ ރިޔާދުގައި ބޭއްވުނު ޖޮއިންޓް ޢަރަބް-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހުގައެވެ. އެ ސަމިޓުގައި އެމަނިކުފާނު ވަނީ ފަލަސްޠީނާއި ލުބްނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސް މުއިއްޒު ބާކޫއަށް ވަޑައިގަތުމުން، އަޒަރްބައިޖާން ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ހައިދަރް އަލިޔޭވް ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގައި ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ކޮޕް 29 ކޮންފަރެންސްގައި މޫސުމީ ބަދަލުތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

9 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy