ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން ކުރަން ބޭނުންވާކަމަށް ވަގުތީ ކޯޗު ނިސްޓެރޫއީ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗު ރޫޑް ވެން ނިސްޓެރޫއީ

ކޮންމެވެސް ދުވަހަކުން އެ ކްލަބްގެ ދާއިމީ ކޯޗުގެ މަގާމު އަދާކުރަން ބޭނުންވާކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗު ރޫޑް ވެން ނިސްޓެރޫއީ ބުނެފިއެވެ.

ނިސްޓެރޫއީ މި މަގާމާ ހަވާލުވީ ކުރީގެ ކޯޗު އެރިކް ޓެން ހަގް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ނިސްޓެރޫއީ ބުނެފައިވަނީ ޔުނައިޓެޑްގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް އައި އިރުވެސް އޭނާގެ މަގުސަދަކީ ކޮންމެވެސް ދުވަހަކުން ޓީމުގެ ހެޑް ކޯޗުކަން ކުރުން ކަމަށެވެ. އަދި ޔުނައިޓެޑް ފިޔަވައި އެހެން ޓީމެއްގައި އެސިސްޓެންޓް ކޯޗުކަން ކުރަން އޭނާ ބޭނުން ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް، ޔުނައިޓެޑްގެ އައު ކޯޗުގެ ގޮތުގައި ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޯރިމް ހޮވިފައިވާއިރު، އޭނާ އަންނަނީ އަމިއްލަ ކޯޗިން ސްޓާފާ އެކުގައެވެ. މިކަމާ ގުޅިގެން ނިސްޓެރޫއީގެ މަގާމާ މެދު ކަންބޮޑުވުންތަކެއް އުފެދިފައިވެއެވެ.

ވަގުތީ ކޯޗުގެ ގޮތުގައި ނިސްޓެރޫއީ އާއެކު ޔުނައިޓެޑުން ވަނީ ތިން މެޗު ކުޅެ، ދެ މެޗު ކާމިޔާބުކޮށް، އެއް މެޗުން އެއްވަރުވެފައެވެ. މާދަމާ ރޭ ލެސްޓަ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަކީ ވަގުތީ ކޯޗުގެ ގޮތުގައި ނިސްޓެރޫއީ ޓީމަށް އިރުޝާދުދޭނެ އެންމެ ފަހު މެޗު ކަމަށް ވާނެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy