އެމެރިކާގެ ރިޔާސީ އިންތިޚާބު: ޓްރަމްޕް ކާމިޔާބީ އިއުލާންކުރައްވައިފި

ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމި ވޯޓު ގުނަމުންދަނިކޮށް، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބީ އިއުލާންކުރައްވާފިއެވެ.

މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު، އިލެކްޓޯރަލް ކޮލެޖްގެ 267 އިލެކްޓަރުންގެ ވޯޓު ޓްރަމްޕަށް ލިބިފައިވާއިރު، އޭނާގެ ވާދަވެރިޔާ ކަމަލާ ހެރިސްއަށް ލިބިފައިވަނީ 214 އިލެކްޓަރުންގެ ވޯޓެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވަނީ އިލެކްޓޯރަލް ކޮލެޖްގެ 270 އިލެކްޓަރުންގެ ވޯޓެވެ. އެހެންކަމުން، ޓްރަމްޕަށް މިހާރު ބޭނުންވަނީ އިތުރު 3 އިލެކްޓަރުންގެ ވޯޓު އެކަންޏެވެ. އެހެންނަމަވެސް، ކަމަލާ ހެރިސްއަށް އަދިވެސް 56 އިލެކްޓަރުންގެ ވޯޓު ބޭނުންވެއެވެ

އިންތިޚާބުގެ ނަތީޖާ ކަނޑައެޅުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ 7 "ސްވިންގް ސްޓޭޓް" ގެ ތެރެއިން 2 ސްޓޭޓެއްގެ ވޯޓު މިހާރު ވަނީ ޓްރަމްޕް ކާމިޔާބުކުރައްވާފައެވެ. އަދި އިތުރު 2 ސްޓޭޓެއްގައި ޓްރަމްޕް ވަނީ ކުރިއަރާފައެވެ. މި ހާލަތުގައި ކަމަލާއަށް އިންތިޚާބު ކާމިޔާބުކުރެވޭނީ ބާކީ އޮތް 5 ސްޓޭޓް އެއްކޮށް ކާމިޔާބުކުރެއްވިއްޖެނަމައެވެ.

ޕޮޕިއުލަރ ވޯޓަށް ބަލާއިރުވެސް ޓްރަމްޕް ވަނީ ކަމަލާއަށްވުރެ 5 މިލިއަނެއްހާ ވޯޓު ކުރިއަށް ގޮސްފައެވެ. ނަމަވެސް، އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓަށްވުރެ މުހިންމީ އިލެކްޓޯރަލް ކޮލެޖްގެ ވޯޓެވެ. އެހެންކަމުން، އިންތިޚާބުގެ ފައިނަލް ނަތީޖާ ނިކުންނާނީ ބާކީ އޮތް ސްޓޭޓްތަކުގެ ވޯޓު ގުނައި ނިމުމުންނެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy