ޖީލުގެ ޤައުމީ ތަރައްޤީގެ ތަޞައްވަރު އެކުލަވާލުމުގެ މަޝްވަރާތައް ފެށިއްޖެ

މަޝްވަރާތައް ފެށުމުގެ ތެރެއިން

ކުރިއަށް އޮތް 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން ނުވަތަ ޖީލުގެ ޤައުމީ ތަރައްޤީގެ ތަޞައްވަރު އެކުލަވާލުމުގެ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ.

މި ޕްލޭނަކީ ކުރިއަށް އޮތް 20 އަހަރު ރާއްޖެ ތަރައްޤީވެގެން އަންނާނެ ގޮތް ހިމެނޭގޮތަށް، ޤާނޫނީ ބާރުވެރިކަން ލިބޭނެހެން ތައްޔާރުކުރާ ޕްލޭނެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މިފަދަ ޕްލޭނެއްގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ޚިޔާލާއި ނިންމުންތަކާއެކު ރާއްޖޭގެ ތަރައްޤީއާ ގުޅޭ ދިގުމުއްދަތުގެ ޕްލޭނެއް އޮތުން ކަމަށެވެ. މި ޕްލޭން ހަދާނީ ރައްޔިތުންނާއި ކަމާގުޅުންހުރި ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު، ރައްޔިތުން ބޭނުންވާގޮތަށެވެ.

އެގޮތުން ހުރިހާ ރަށްތަކާއި ޖަމިއްޔާ ޖަމާޢަތްތައް، ސިޔާސީ ޕާޓީތައް އަދި އެކި ދާއިރާތަކުން މާހިރުންގެ ލަފާ ހޯދާނެއެވެ. އަދި އެކި ސިނާޢަތްތަކަށް އަމާޒުކޮށް މަޝްވަރާއާއި ޚިޔާލު ހޯދާ ޕްލޭންތައް އެކުލަވާލާނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ ކުރިއަރާފައިވާ ޤައުމުތަކުގެ ތަޖުތަޖުރިބާވެސް ހޯދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މި ޕްލޭން ވެގެންދާނީ ޤައުމިއްޔަތުގެ ވިސްނުމުގައި ޤައުމުގެ ކުރިމަގު ހިމާޔަތްކޮށް، ބިނާކުރުމުގެ ވިސްނުމުގައި ކުރާ މަސައްކަތަކަށް ކަމަށެވެ. އަދި މި މަސައްކަތަކީ އެންމެންގެ ކުރިއެރުމަށާއި ދަރިންގެ މުސްތަޤްބަލަށް ކުރާ ވަރަށް މުހިންމު މަސައްކަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޕްލޭނާއެކު ރާއްޖޭގައި އޮތް ބޮޑެތި މައްސަލަތައް ރިޢާޔަތްކޮށް، ދުރު ރާސްތާއަށް އެކަންކަން ޙައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅޭނެ ކަމަށް ބެލެވެއެވެ. މި މަޝްވަރާތަކުގެ ނަތީޖާއަކަށް ވެގެންދާނީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވެގެން ދިއުން ކަމަށް އުންމީދު ކުރެވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy