ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް ފެށުމަށް ރައީސް މުޢިއްޒު ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އަންނަ އަހަރުން ފެށިގެން "ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު" ގެ ނަމުގައި ނޭޝަނަލް ސާވިސްގެ ގޮތުގައި ގައުމީ ޕްރޮގްރާމެއް ފަށާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާނު ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން މި އިއުލާނު ކުރެއްވީ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ ސްކޫލު ނިންމައި ވަޒީފާ އެއް ނެތިފައި ތިބި ޒުވާނުންނަށް ފުރުސަތު ދިނުމެވެ. ރައީސް ވިދާޅުވިގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް މިލިޓަރީ ތަމްރީނު ދެވޭނެއެވެ. އަދި ތަމްރީނު ނިމުމުން ސިފައިންގެ ނުވަތަ ފުލުހުންގެ ހިދުމަތަށް ބަދަލުވެވޭނެއެވެ.

ރައީސް ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ކުރިއަށް އޮތް 4 އަހަރު ތެރޭގައި ސިފައިންގެ އަށް 4،000 މީހުންނާއި ފުލުހުންނަށް 1،000 މީހުން އިތުރުވާނެ ކަމަށެވެ. މި ޕްރޮގްރާމު ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުން 400 މިލިއަން ރުފިޔާ ހާއްސަ ކުރާނެ ކަމަށާއި، އޭގެ ފަހުން ކޮންމެ އަހަރަކު ވެސް އެ އަދަދުގެ ބަޖެޓެއް އިތުރު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ ގާނޫނަކުން ބާރު ލިބިގެން ހިންގޭ ޕްރޮގްރާމެއް ކަމަށާއި، 16 އަހަރުން މަތީގެ، އޯލެވެލް ނިންމާފައިވާ އަދި މަތީ ތައުލީމަށް ނުވަތަ ވަޒީފާއަށް ފުރުސަތު ނުލިބޭ ޒުވާނުން މި ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy