ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗު ގްރެޖުއޭޓްވެއްޖެ

މިއަދު ގުރެޖުވޭޓްވި ބައެއް ދަރިވަރުން / ފޮޓޯ:ރައީސް އޮފީސް

ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ދަރިވަރުންގެ ފުރަތަމަ ބެޗު މިއަދު ގްރެޖުއޭޓް ވެއްޖެ އެވެ.

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން 2018 ވަނަ އަހަރު ފެށި މެޑިސިން ކޯހުގައި ކިޔެވި 21 ދަރިވަރުން މިއަދު ވަނީ ގްރެޖުއޭޓްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ދެ ފިރިހެން ދަރިވަރުންނާއި 19 އަންހެން ދަރިވަރުންނެވެ.

އެމްއެންޔޫއިން ބުނިގޮތުގައި ޑޮކްޓަރުކަން ކިޔެވުމަށް ފުރުސަތު ދިނީ ވަރަށް މަތީ ނަތީޖާ ހޯދި ދަރިވަރުންނަށެވެ. އެގޮތުން ކޯހަށް ނެގީ، އޭ ލެވެލް އިން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައި، އަދި އޭގެ ފަހުން ކުރި އިންޓަވިއުއިން އެންމެ މަތިން ނަތީޖާ ހޯދި ދަރިވަރުންނެވެ. އަދި ދަރިވަރުން ކިޔެވުމަށް ވަސީލަތްތައް ލިބެން އޮތް މިންވަރަށް ވެސް، ދަރިވަރުން ހޮވުމުގައި ބަލާފައިވާ ކަމަށް އެތަނުން ބުންޏެވެ.

ގްރެޖުއޭޓްވި ހުރިހާ ދަރިވަރުން ވެސް މިއަދު ވަނީ ޑޮކްޓަރުކަމުގެ ހުވާކޮށްފައެވެ. މި ދަރިވަރުން މިހާރު އަންނަނީ މާލެ އާއި ރަށްރަށުގެ ބައެއް ހޮސްޕިޓަލްތަކުގައި އިންޓާނުންގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދާ، އެމްއެންޔޫގެ މެޑިސިން ސްކޫލުގައި މިހާރު، ހަތް ބެޗެއްގައި 222 ދަރިވަރުން އަންނަނީ ޑޮކްޓަރުކަން ކިޔަވަމުންނެވެ.

މިއަދު ބޭއްވި ގްރެޖުއޭޝަނުގައި އެމްއެންޔޫގެ އެކި ކޯސްތަކުން 311 ދަރިވަރުން ގްރެޖުއޭޓްވިއެވެ. މީގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާ އާއި ސައިންސާއި ޓެކްނޮލޮޖީގެ ކޯސްތަކުގެ އިތުރުން ޕޮލިޓިކަލް ސައިންސް ކިޔެވި ދަރިވަރުންނެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy