ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ޙައްޖާއި ޢުމްރާ ކޮންފަރެންސް ފެށިއްޖެ

ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ޙައްޖާއި ޢުމްރާ ކޮންފަރެންސް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ފެށިއްޖެއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފަި ވަނީ  ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފްއެވެ.  މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މި ކޮންފަރެންސް ބޭއްވުމަކީ ޙައްޖާއި ޢުމްރާގެ ކަންކަމަށް ސަރުކާރުން ދެއްވާ އިސްކަން ހާމަވާ ކަމެއް ކަމަށެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ޙައްޖާއި ޢުމްރާގެ ޚިދުމަތް ދިނުމުގައި ވިޔަފާރިއަށްވުރެ ބޮޑަށް އިސްކަން ދޭންވާނީ އޭގެން ލިބޭ ދަރުމައާއި ހެޔޮ ސަވާބަށް ކަމަށެވެ. އަދި ޙައްޖުވެރިންނާއި އުމްރާވެރިންނަށް ޚިދުމަތް ދިނުމަށް ހޭދަކުރާ ވަގުތަކީ ގެއްލިގެންދާނެ ވަގުތެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މި ކޮންފަރެންސްގެ ތެރެއިން ކަމާބެހޭ އިދާރާތައް އެއްތަންވެ މަޝްވަރާކޮށް، މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ޙައްޖު ފަންޑު ތަރައްޤީކޮށް އައު ވިސްނުންތަކެއް ގެނެސް ޙައްޖުގެ އަގު ތިރިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު އަވަސް ކުރިމަގެއްގައި ޙަޤީޤަތަކަށް ވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ. އަދި ޙައްޖާއި ޢުމްރާގެ އަޅުކަމުގެ މުހިންމުކަމަށްޓަކައި، އެ ދެ އަޅުކަމާ ގުޅިފައިވާ އިންތިޒާމުތައް ހަމަޖައްސައި ވީހާވެސް ލުއިފަސޭހަކޮށް އަޅުކަން އަދާކުރެވޭނެ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ އެއް ދުވަހުގެ މުއްދަތަށެވެ. މި ކޮންފަރެންސްގައި ޙައްޖާއި ޢުމްރާއާ ގުޅޭ މުހިންމު ކަންކަމަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy