ސިނގިރޭޓާއި ވޭޕުގެ ޑިއުޓީ ދެގުނައަށް ބޮޑުކުރުމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

އަންނަމަހުން ފެށިގެން ވޭޕްސް ރާއްޖޭގައި މަނާވާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތަށް ސިނގިރޭޓާއި ވޭޕުން ނަގާ ޑިއުޓީ ދެގުނައަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާހުތަކުގެ ދަށުން، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓަރު 24ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރެވޭނެއެވެ.

އަދި މި މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރެވޭނެއެވެ. މީގެ އިތުރުން، ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ ދުންފަތުގެ އުފެއްދުންތަކުން 50 އިންސައްތަ އަދި ސްޓިކް އަކުން އަށް ރުފިޔާ ނެގުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

މި އިސްލާހުތައް ޖުމުލަ 69 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ. އެކްސްޕޯޓު އިމްޕޯޓުގެ ގާނޫނަށް ބަދަލު ގެންނަން 68 މެންބަރުންގެ ވޯޓާ އެކު ފާސްކޮށްފައިވާއިރު، ހަ މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓުނުދޭން ވޯޓުދެއްވައިފައެވެ.

މުދަލާ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. އިދިކޮޅުގެ 10 މެންބަރަކު ވަނީ އެ ބިލާ ދެކޮޅަށް ވޯޓުދެއްވައިފައެވެ. މުޅި މަޖިލީހުގެ ކޮމިޓީން މި ބިލުތައް ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމުން އަދި ބިލުތައް ފާސްކުރަން ޖެހޭނެއެވެ.

މި އިސްލާހުތަކާ އެކު ސިނގިރޭޓާއި ބިޑިން ނަގާ ޓެކުހުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި ބަދަލުތަކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދުކުރުމަށާއި، ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށްގެން ގެނެވެނެވޭ ބަދަލުތަކެއް ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy