މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލުކުރުން ހުއްޓާލުމަށް ސަރުކާރުން ގޮވާލައިފި

ރާއްޖޭގެ ޒުވާނުންނާއި ބެހޭ ވަޒީރު / ފޮޓޯ: ރައީސް އޮފީސް

މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލުކުރުން ކުށްވެރިކޮށް، އެކަން ހުއްޓާލުމަށް ސަރުކާރުން ގޮވާލައިވާލައިފިއެވެ.

މިކަމަށް ގޮވާލައިފައި ވަނީ ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މެކްސިކޯގައި އޮންނަ މިސް ޔުނިވާސްގައި ރާއްޖޭގެ ނަމުގައި ދިވެއްސަކު ބައިވެރިވާތީ، އެއީ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމެއް ކަމަށް ދޭހަވާގޮތަށް ޚަބަރުތައް ފެތުރެމުންދާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ދިވެހިންގެ ދީނާއި އަގީދާއާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ އާންމު އަޚްލާގީ މިންގަނޑުތަކާއި އުސޫލުތަކާވެސް ފުށުއަރާ ކަންކަން ކަމަށް ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން ވަނީ ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި މިފަދަ ހަރަކާތްތަކުގައި ދިވެއްސަކު ބައިވެރިވުން ކުށްވެރިކޮށް، އެކަން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކުން އެކަން ހުއްޓާލުމަށްވެސް އެދިފައިވެއެވެ.

މީގެއިތުރުން، ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި މިފަދަ ހަރަކާތްތަކުގައި ދިވެހިން ބައިވެރިކުރުވުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ބުނެ، އެއީ ސަރުކާރުން ކުރުވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް މަޢުލޫމާތު ނުފެތުރުމަށް އެދިފައިވެއެވެ. އަދި އެންމެހާ ރައްޔިތުންނަށް މިފަދަ ހަރަކާތްތަކުގައި ބައިވެރިނުވުމަށް ގޮވާލާފައިވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy