ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް ރޮޑްރީ އަށް

މެންޗެސްޓަރ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީ

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ެ ބެލޮންޑިއޯ އެވޯޑް މެންޗެސްޓަރ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީއަށް ލިބިއްޖެއެވެ.

މި އެވޯޑް ލިބޭނެ ކަމަށް ކުރިން ބެލެވިފައި އޮތީ ރެއާލް މެޑްރިޑުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއާ އަށެވެ. ނަމަވެސް، އޭނާއަށް އެވޯޑް ނުލިބޭނެކަން އިއްޔެ ވަގުތެއްގައި ރެއާލަށް ކަށަވަރުވުމުން އެ ކްލަބުން ވަނީ ޕެރިހުގައި އޮތް އެވޯޑް ހަފުލާ ބޮއިކޮޓްކޮށްފައެވެ.

ރެއާލް މެޑްރިޑުން ބުނެފައިވަނީ ނީ ވިނީޝިއަސް ނުވަތަ އެ ޓީމުގެ ކެޕްޓަން ޑެނީ ކަރްވަހާލް އަށް އެވޯޑް ނުލިބޭ ހަމައަކުން އެވޯޑް ދޭ ނަމަ އޭގެ މާނައަކީ ބެލޮންޑިއޯ އާއި ޔުއެފާ އިން އެ ކްލަބަށް އިހުތިރާމުނުކުރުން ކަމަށެވެ.

ރޮޑްރީ މި އެވޯޑް ހާސިލުކުރީ މިދިޔަ ސީޒަނުގައި މެންޗެސްޓަރ ސިޓީއާއެކު ޕްރިމިއާ ލީގު ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރުމާއެކު، ސްޕެއިނުން ޔޫރޯ ކާމިޔާބުކުރިއިރު އެ ކާމިޔާބީގައި ވެސް އެންމެ ބޮޑު ހިއްސާއެއްވި އެއް ކުޅުންތެރިޔަކަށް ވުމުންނެވެ.

މި އެވޯޑުގެ ދެވަނައަށް ދިޔައީ ވިނީޝިއަސް ޖޫނިއާ އެވެ. އަދި ތިންވަނައަށް ދިޔައީ ރެއާލް މެޑްރިޑުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އެވެ. އެންމެ މޮޅު ކްލަބުގެ އެވޯޑް ލިބުނީ ރެއާލް މެޑްރިޑަށެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެސް އެ ކްލަބުގެ ކާލޯ އަންޗެލޮޓީ އެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy