މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެން ހާގް ވަކިކޮށްފި

އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެން ހާގް ވަކިކޮށްފިއެވެ.

ޔުނައިޓެޑްގެ މިނިންމުން މި އައީ ރޭ ރަށުން ބޭރުގައި ވެސްޓް ހެމް އަތުން 2-1 އިން އެޓީމު ބަލިވެފައި އޮއްވަ އެވެ. ހޮލެންޑްގެ މި ކޯޗު މެންޗެސްޓަރ ޔުނައިޓެޑްގައި ހޭދަކުރީ ދެ އަހަރާއި ބައިގެ މުއްދަތެކެވެ.

Go back

މި ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ފޯމް ދަށްވުމާ ގުޅިގެން ޓެން ހާގް ވަކިކުރުމުގެ މަޝްވަރާތައް ކުރެވެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މުޅި ސީޒަނުގައި ކުޅުނު 14 މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ. މީގެ ތެރެއިން ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ.

ޓެން ހާގް ވަކިކުރުމާ ގުޅިގެން ވަގުތީ ކޯޗެއްގެ ގޮތުގައި ވެން ނިސްޓަލްރޫއި ހަމަޖައްސާފައިވެއެވެ. ނިސްޓަލްރޫއި އަކީ ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި މި ސީޒަނުގައި އޭނާ ހުރީ ޓެން ހާގްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ.

ޓެން ހާގްގެ ކޯޗުކަމުގައި މެންޗެސްޓަރ ޔުނައިޓެޑުން ވަނީ އެފްއޭ ކަޕާއި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

9 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy