ކުންފުނިތަކުގެ ފަންނީ މުވައްޒަފުންގެ މުސާރައިން ނުކަނޑާނެ: މިނިސްޓަރ ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރާއިރު، ޕްރޮފެޝަނަލް ނުވަތަ ފަންނީ ދާއިރާތަކަށް ނިސްބަތްވާ މުވައްޒަފުންގެ މުސާރަ ކުޑަނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވާފައި ވަނީ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިގެ 10 އިންސައްތަ އުނިކުރާއިރު، އިންޖިނިއަރުންނާއި ޕައިލެޓުން ފަދަ ޕްރޮފެޝަނަލް ކެޓަގަރީތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް އިސްތިސްނާ ކުރުމަށް އިރުޝާދު ލިބިފައިވެއެވެ. މިފަދަ މުވައްޒަފުންގެ މުސާރަ ކުޑަކޮށްފިނަމަ، އެހެން ދިމާލަކަށް ދިއުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކުރެއްވިއެވެ.

އިތުރަށް މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، 12,000 ރުފިޔާއަށް ވުރެ ދަށްވާ ގޮތަށް އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުކުރާނެއެވެ. އަދި ފަންނީ މުވައްޒަފުންގެ ބޭރުން ބާކީ ތިބި ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ 90,000 ރުފިޔާއަށް ވުރެ ބޮޑުވެގެން ނުދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކުންފުނިތައް ސަރުކާރަށް ބަރޯސާނުވެ ހިންގޭނެ ގޮތެއް ހޯދުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ކުންފުނިތަކުގެ އިސްރާފު ކުޑަކޮށް، ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ކުންފުނިތަކަށް ފައިސާ ދޭން ނުޖެހޭނެ އިންތިޒާމްތަކެއް ރޭވެމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެތަންތަނުގެ ޕްރޮކިއުމަންޓް ސެންޓްރަލް ނިޒާމަކަށް ބަދަލުކުރުމާއި، ޗާޓަޑް އެކައުންޓެންޓުން އައްޔަންކޮށް ގަވާއިދުން އޮޑިޓް ހެދުން ފަދަ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy