މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގެންފި

މީގެ ކުރިިން ޕޮލިހުން އަތުލައިގެންފައިވާ ބައެއް މަސްތުވާތަކެތި

މާލޭ ސިޓީގެ އެޕާޓްމަންޓެއްގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގާތްގަނޑަކަށް ކިލޯއެއްހާ މަސްތުވާތަކެއްޗާއި 64,000 ރުފިޔާ އަތުލައިގަނެ، ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.

ފުލުހުން ބުނާ ގޮތުގައި މަސްތުވާތަކެތި ފެނުނީ އެޕާޓްމަންޓުގެ ސިޓިންގ ރޫމުގައި ހުރި އެނދުންނާއި ހައްޔަރުކުރެވުނު އެކެއްގެ ކޮޓަރީގެ އަލަމާރިންނެވެ. ދ. ކުޑަހުވަދޫއަށް ނިސްބަތްވާ އިބްރާހިމް މާޖިދުގެ ކޮޓަރީގެ އަލަމާރިން މަސްތުވާތަކެތި ފެނުނު ކަމަށާއި، ސާމްޕަލަސް ނެގުނު އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު އަނެއް ފަރާތަކީ ކ. ކާށިދޫއަށް ނިސްބަތްވާ މުޙައްމަދު މައިހާން ފަޔާޒެވެ. ފުލުހުން ކޯޓުގައި ބުނެފައިވަނީ މައިހާން ހެކި ނައްތާލަން މަސައްކަތްކުރި ކަމަށާއި، އޭނާގެ ކުޑަކަމުދާ ތަކެތި ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ތަހުލީލުތަކުން ދައްކާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގައި މާޖިދުގެ ބަންދަށް 5 ދުވަހާއި މައިހާންގެ ބަންދަށް 10 ދުވަސް ޖަހާފައެވެ. މި އޮޕަރޭޝަނަކީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު އެއް އޮޕަރޭޝަން ކަމަށް ފުލުހުން ހާމަކުރެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy